އުމުރާއަށް ގެންދިއުމަށް އިތުރު 3 ކުންފުންޏަކަށް މިއަދު ހުއްދަދީފިއެވެ.
އިސްލާމިކް މިނިސްޓްރީ މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭއިން މީހުން އުމުރާއަށް މީހުންގެންދިއުމަށް ތިން ކުންފުންޏަކަށް ހުއްދަ ދީފައިވާ ކަމަށެވެ.
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އިތުރު ކުންފުނިތަކަށް ހުއްދަ ދިނުން pic.twitter.com/60wE7eocTt
— Ministry of Islamic Affairs (@MVIaffairs) September 22, 2022
އެގޮތުން ރާއްޖެއިން މީހުން އުމުރާއަށް ގެންދިއުމަށް ހުއްދަދީފައިވަނީ މަޙަލްދީބް ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑާއި، ރައުޟާ ލިލްޙައްޖި ވަލް ޢުމްރާ ޕްރައިވެޓް ލިމިޑެޓާއި، ޘާބިތު ލިލް ޙައްޖި ވަލް ޢުމްރާ ޕްރައިވެޓް ލިމިޑެޓަށެވެ.