މިއީ 'ޓާރޯލީފް ބްލައިޓް' ބަލި ޖެހުމާއި ދުރު މުޑުވަކެއް

'ޓާރޯލީފް ބްލައިޓް' ބަލި ޖެހުން ދުރު އަލައިގެ މުޑުވައް ދިރާސާކުރުމުގެ މަސައްކަތް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ފަށްޓަވައި ދެއްވައިފިއެވެ.

އަލަގަހުގެ ފަތުގައި ލައްޖަހާ ގަސް ހަލާކުކޮށްލާ ބައްޔެއް ކަމުގައިވާ 'ޓާރޯލީފް ބްލައިޓް' ބަލި ފެތުރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އަލަ ހައްދާ ރަށްރަށުގެ އަލަ ދަނޑުތަކަށް ބޮޑެތި ގެއްލުން ތަކެއް އަންނަނީ ވަމުންނެވެ. ދިރާސާ މަރުހަލާގެ ތެރެއިން އިންދާފައިވަނީ އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ކެންޔާގެ ޔުނިވާސިޓީއަކުން ގެނައި އަލައިގެ މުޑުވައްތަކެކެވެ.

މިމުޑުވައް ރިސަރޗްކުރރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި

އަލައިގެ މުޑުވައް ދިރާސާކުރުމުގެ މަސައްކަތް މިހާތަނަށް ފައްޓަވައިދެއްވާފައިވާ ރަށްތަކުގެ ތެރޭގައި ގދ. ހޯޑެއްދޫ، ފިޔޯރީ، ވާދޫ، ގައްދޫ އަދި ޏ. ފުވައްމުލައް ހިމެނެއެވެ. މިއީ ރާއްޖޭގައި ފުޅާ ދާއިރެއްގައި އަލަ އިންދުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ ރަށްތަކެކެވެ. މި ދިރާސާ ކުރިއަށް ދަނީ ރަށްރަށުގެ ކައުންސިލްތަކާއި އެ ރަށްރަށުގެ ދަނޑުވެރިންގެ ބައިވެރިވުމާ އެކުގައެވެ.

މި ދަރުތުފުޅުގައި މިނިސްޓަރ ވަނީ އެ ރަށްރަށުގެ ކައުންސިލްތަކާއި އަދި ދަނޑުވެރިންނާ ބައްދަލުކޮށް މި ޕްރޮގްރާމް ކާމިޔާބުކޮށް ގެންދިޔުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އެ ރަށްރަށުގައި ހުރި އަލަ އޮޅުތަކަށް ވަޑައިގެން، އެ ދަނޑުތައް ވަނީ ބައްލަވައި ލައްވާފައެވެ. އަދި މި ދަތުރުގައި މިނިސްޓްރީގެ ކަމާ ގުޅުންހުރި ޓެކްނިކަލް ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.

'ޓާރޯލީފް ބްލައިޓް' ބަލިޖެހުން ދުރު އަލައިގެ މިބާވަތް އެރަށްރަށުގައި ހައްދާ، ގިނަ ކުރުމަށް ފަހު ރާއްޖޭގެ އަލަ ހައްދާ ދަނޑުވެރިންނަށް ފޯރުކޮށް ދެވޭނެއެވެ. މީގެ އިތުރުން މިނިސްޓްރީގެ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައިވެސް މި މުޑުވަކުގެ ދިރާސާ މަސައްކަތާއެކީ، މުޑުވައް އިތުރަށް އާލާކޮށް ބެހުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.