އަވައްޓެރި ފުލުހުންގެ ހަފްތާ  އާއި ގުޅުވައިގެން ހުޅުމާލޭގައި ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

ފުލުހުން ބާއްވާ މި ކުޑަކުދިންގެ ހަވީރު އޮންނާނީ 24 ސެޕްޓެމްބަރުވާ ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ތަފާތު ކުޅިވަރުތަކާއެކު ބާއްވާ މި ކުޑަކުދިންގެ ހަވީރުގައި  ވޯލް ކްލައިންބިންގ، ފޭސްޕެއިންޓިން، ފަޔަރިން ރޭންޖް، ޓިކް ޓެކް، ކޯން ލިންގ ޓޮސް، ގަންޝޫޓް، ޕަޒަލްސް، ރެޕަލިންގ އަދި ވޯޓަރގޭމްސް ފަދަ ކުޅިވަރުތައް ހިމެނެއެވެ.

ކުޑަކުދިންނަށް ހިތްފަސޭހަ މަޖާ މާހައުލެއްގައި ފުލުހުންނާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ މި ހަވީރު އޮންނާނީ ހަވީރު 16:00 ން 18:00 އަށެވެ.

އަވައްޓެރި ފުލުހުންގެ ހަފްތާ ފާހަގަ ކުރަނީ ފުލުހުންގެ ހިދުމަތުގެ ދުވަހާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.