ޔޯގާ ހަރަކާތަށް ބަޔަކު ހުރަސް އަޅަނީ---- ފޮޓޯ: އަދަދު

ޔޯގާ ހަރަކާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އިސްލާމިކް މިނިސްޓްރީ ހާޒިރުކުރުމަށް ނިންމައިފިއެވެ.

އިއްޔެ ކުރިއަށްގެންދިޔަ ކޮމެޓީ ބައްދަލުވުމުގައި ޔޯގާ ހަރަކާތާއި ގުޅިގެން ކޮމެޓީގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށަހަޅާފައިވާ މައްސަލަ ކޮމެޓީ މެމްބަރުންގެ މެދުގައި ވަނީ ދިރާސާކޮށްފައެވެ. ދިރާސާކުރުމަށްފަހު، ކޮމެޓީން ނިންމީ ކޮމެޓީއަށް އިސްލާމިކް މިނިސްޓަރ ހާޒިރުކުރުމަށެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލާގައި ވަނީ ގަލޮޅު ދަނޑުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ އިސްލާމިކް މިނިސްޓްރީއަށް ގޮން ޖަހާފައިކަން ފާހަގަކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ އަހުމަދު ހިޝާމް ސޮއިކުރައްވާ ފުލުހުންނަށް ފޮނުއްވި ސިޓީގައި ވަނީ މެޑިޓޭޝަންގެ ގޮތުގައި ކުރިއަށްގެންދާ ޔޯގާގެ ހަރަކާތަކީ ހިންދޫއިންގެ ދީނީ އަޅުކަމެއްކަމަށް ބުނެފައެވެ. އަދި އެހަރަކާތް ހިންގާ މީހުންނާއިމެދު ފިޔަވަޅު އަޅައިދިނުމަށް އެސިޓީގައިވެއެވެ.

އެހެންނަމަވެސް އޭގެ ފަހުން އިސްލާމިކް މިނިސްޓްރީން އާންމުކުރި ނޫސްބަޔާނުގައި ވަނީ އެސިޓީގައި ހިމެނޭ ފަތުވާއަކީ މިނިސްޓްރީގެ އިޖުރާއަތްތަކާއި ހިލާފަށް އާންމުކޮށްފައިވާ ފަތުވާއެއް ކަމަށެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި، އެހަރަކާތުގައި ބައިވެރިންނާ ދެކޮޅަށް ބަޔަކު ހިންގި ޢަމަލުތައް ބަލާ، ކަމާބެހޭ އިދާރާތަކުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް  ސަރުކާރުންވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް އެކުލަވާލާފައެވެ.

ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމެޓީގެ ރިޕޯޓުގައި، އެ ދުވަހު ކަންހިނގާދިޔަ ގޮތް ދިރާސާކޮށް، އެ ކަންކަން ދެނެގަތުމަށް ކޮމެޓީން ކުރައްވާފައިވާ މަސައްކަތްތައް ހިމަނުއްވާފައިވެއެވެ. އެގޮތުން ކޮމެޓީން ކުރެއްވި ދިރާސާއާ ގުޅިގެން އެކުލަވައިލެއްވި ރިޕޯޓުގައި، 5 ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ހުށަހަޅުއްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.