ސަމިޓުގެ ތެރެއިން

ގައުމުތައް ކުރިއަރާ ތަހުޒީބުވެފައިވަނީ ތައުލީމަށް އިސްކަންދީގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިހާރު ބެންގަލޫރުގައި ކުރިއަށްދާ އޭޝިއަން ސަމިޓް އޮން އެޑިއުކޭޝަން އެންޑް ސްކިލްސް (އެސެސް) ގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދެވޭ ތައުލީމަކީ ދިރިއުޅުމުގެ ތަޖުރިބާތަކާއި ގުޅުންހުރި ތަޖުރިބާތަކަށް ހެދުން ވަރަށް މުހިންމު ކަމަށެވެ.

21 ވަނަ ގަރުނުގެ ހުނަރުތަކަށް ސަމާލުކަން ދެއްވުމާއި ބަނަވަމުންދާ ދުނިޔޭގައި އެހުނަރުތައް ތަރައްގީކުރުމުގެ މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ސަމިޓުގައި މިނިސްޓަރ ވަނީ ސަރުކާރުން އަތޮޅުތެރެއަށް ޓިވެޓް ޕްރޮގްރާމްތައް ފެތުރުމަށް ރާވާފައިވާ ގޮތުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. އަދި ކޮވިޑް 19ގެ ތެރެއިން ލިބުނު ތަޖުރިބާތަކާއި ދަސްވިކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އޭގެތެރެއިން ޓެކްނޮލޮޖީ ދައުރު ހާއްސަ ގޮތެއްގައި މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

އޭޝިއަން ސަމިޓް އޮން އެޑިއުކޭޝަން އެންޑް ސްކިލްސް (އެސެސް) ކުރިއަށްގެންދިޔައީ މިމަހުގެ 19 އިން 21 އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.