ތިލަފުށީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ކުރިޔަށް އޮތް ތިން ދުވަހު އަލިފާން ފެނި ބޯކޮށް ދުން އެރުން އެކަށީގެން ވާތީ މިކަމަށް ސަމާލުވުމަށް ވެމްކޯއިން އަންގައިފިއެވެ.

ވެމްކޯއިން ބުނީ ތިލަފުށީގައި ވަގުތީ ގޮތުން ކުނި ބަލަހައްޓަމުން އަންނަ ސަރަހައްދުގައި މިއަދު މެންދުރު އަލިފާން ރޯވި ކަމަށެވެ. އެ އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އާއި ވެމްކޯގެ މުވައްޒަފުން ގުޅިގެން ނިއްވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުން ބޯކޮށް ދުން އަރަމުންދާ ކަމަށް ވެމްކޯއިން ބުނެއެވެ.

ތިލަފުށީގައި އަލިފާން ރޯވި ސަބަބެއް ވެމްކޯއަކުން ހާމައެއް ނުކުރެއެވެ. ވެމްކޯއިން ބުނީ ތިލަފުއްޓަށް ކުނި ގެންދާ އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުނި ގެންދިއުމަށާއި އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާނެ ފަދަ ގޮތަކަށް އެއްވެސް އަމަލެއް ނުކުރުމަށް ތަކުރާރުކޮށް ހަނދާންކޮށްދޭ ކަމަށެވެ.

ވެމްކޯއިން ބުނީ ދުވާލެއްގެ މައްޗަށް އެކުންފުނިން 500 ޓަނަށްވުރެ ގިނަ ކުނި ޕްރޮސެސްކޮށް ބޭލް ކުރަމުންދާ ކަމަށާއި، ނަމަވެސް ތިލަފުއްޓަށް ގެނެވޭ ކުދި އިތުރުވެފައިވާތީ ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަނީ ތިލަފުށީގެ ކުނިފުންޏާއި، ކީވޯލް އާއި ދެމެދުގައި ކަމަށެވެ.

އެ ސަހަރައްދުގައި މިއަދު މެންދުރު އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް ތިލަފުށީ ކުނޑިގޮނޑުން ދުން އެރުން ހުއްޓުވާ ކުނި މެނޭޖްކުރުމަށް އެންވަޔަރމެންޓް މިނިސްޓްރީއާއި ވެމްކޯއާއި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުނި މެނޭޖް ކުރުން އިތުރަށް ހަރުދަނާ ކުރާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

އަދި ތިލަފުށީ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީީ އަކީ ރައްކާތެރިކަމާއެކު ކުނި ނައްތާލެވޭ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަންދޭ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.