ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑިން މުބާރާތެއްގެ ފައިނަލްގައި ވާދަކުރި ފުރަތަމަ ދިވެހި ބޮޑީބޯޑަރ އާމީން މޫސާ ދުނިޔޭގެ ގަދަ 3 ގައި ހިމެނިއްޖެއެވެ.
އާމިން ހިމެނިފައިވަނީ ބޮޑީބޯޑިން ޖޫނިއާ ކެޓަގަރީގެ 3 ވަނައިގައެވެ.
އައިބީސީ ވޯލްޑް ޓުއާ މޯލްޑިވްސް މޯލްޑިވްސް ޕްރޯ 2022 ގައި ޖޫނިއާ ބައިގެން ފައިނަލް އާމިން ވަނީ ވާދަކޮށްފައެވެ.
ދުނިޔޭގެ އެންމެ މޮޅު ޖޫނިއާ ބޮޑީބޯޑަރުންގެ ލިސްޓުގެ އެއްވަނައިގައި ފަސް އެތްލީޓުން ހިމެނިފައިވެއެވެ. ތިން ވަނައިގައިވެސް ފަސް އެތްލީޓުން ހިމެނެއެވެ. ދުނިޔޭގެ ރޭންކިންގައި އާމިން ހިމެނުމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މަރްހަބާ ވިދާޅުވެފައެވެ.

މިއީ 20 ސެޕްޓެމްބަރުގައި އަޕްޓޭޑްކޮށްފައިވާ ލިސްޓެކެވެ. މި ލިސްޓު ފައިނަލް ވާނީ އޮކްޓޫބަރު 15-30 އަށް ބާއްވާ އައިބީސީގެ ކެނެރިއާ އިވެންޓަށް ފަހުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.