ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖަހާ ސެންޓަރެއް. ޖަޒީރާ ފޮޓޯ

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 10 މިލިއަން ޑޮލަރު ( 154 މިލިއަން ދިވެހި ރުފިޔާ) ދޭން ނިންމައިފި އެވެ.

މިއީ އޭޑީބީގެ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީގެ ދަށުން ކޮވިޑް ވެކްސިން ޕްރޮގްރާމަށް އޭޑީބީން ފަޯރުކޮށްދޭ އެހީއެކެވެ. އަދި ވެކްސިން ރައްކަާކުރާނެ ފެސިލިޓީތައް ގާއިމުކުރުމަށާއި ހަރުދަނާ ކުރުމަށް ދޭ އެހީއެކެވެ.

އޭޑީބީގެ މި އެހީގެ ދަށުން ރާއްޖޭގެ އެކި އަތޮޅުތަކަށް ވެކްސިން ފޮނުވުމަށް 7 ލޯންޗާއި، ރެފްރިޖަރޭޓެޑް 2 ލޮރީއާއި 2 ވޭން ހޯދުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖެއިން ކޮވިޑް ވެކްސިން ދިނުމުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށް އޭޑީބީން ފާހަގަ ކުރެއެވެ. އޭޑީބީން ބުނީ އެ ބޭންކުން ދޭން ނިންމި އެހީއާއިއެކު ވެކްސިން ދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.