އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ރޯޑް ސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ކުރެވިދާނެ ކަންތައްތަކާއިމެދު މަޝްވަރާ ކޮށްފައެވެ.

ރޯޑް ސޭފްޓީ ކައުންސިލަކީ 6 އިދާރާއެއް ހިމެނޭ ގޮތުން  މެންބަރުން ކަނޑައަޅާފައިވާ ކައުންސިލެކެވެ. މި ކައުންސިލުގައި ހިމެނޭނީ ޓްރާންސްޕޯޓް މިނިސްޓަރާއި މަގު ހެދުމާއި އިމާރާތް ކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އޮންނަ ވުޒާރާއި، މޯލްޑިވްސް ޕޮލިސް ސާވިސް އާއި ލޯކަލް ގަވްމެންޓް އޮތޯރިޓީއާއި، އެޓާނީ ޖެނެރަލް އޮފީސް ހިމެނޭހެން ކޮންމެ އިދާރާއަކުން މެންބަރަކު މި ކައުންސިލްގައި ހިމެނޭނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.