ހުޅުމާލެ ފޭސް ދޭކުން ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުން ދަނީ އުމުރުން 27 އަހަރުގެ މުޙައްމަދު އަޒްހާން ކަމަށެވެ.

އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށާއި އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އަޒްހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.