އައްޑޫ ސިޓީގައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގަ ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުންނަށް އިންޒާރުދިން މައްސަލައިގަ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކުރީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

އެ ދެ މީހުން ހައްޔަރުކުރީ އައްޑޫގައި އަމާންވެއްޓެއް ގާއިމުކުރަން ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހިތަދޫގައި ލައިސެންސް ނެތި، ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކުރަން އުޅުމުގެ ތެރޭގައި، އެ ތަނުގައި ހަރަކާތްތެރިވި ފުލުހުންގެ މުދަލަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންނަށް އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ހިތަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.