ޅ. އޮޅުވެލިފުށީގައި ފެނަކައިން ތަރައްގީކުރި އައު އިންޖީނުގެއިން މުޅި ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ މިހާރު ނިއްވާލާފައިވާ ކަމަށެވެ. އަދި އިއްޔެގެ 14:24 އިން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން އޮޅުވެލިފުށީ ރައްޔިތުންނަށް ކަރަންޓު ދޭން ފަށިފައިވާ ކަމަށް ވެސް ފެނައިން ވަނީ ބުނެފައެވެ.

ފެނަކަ އިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން އަންނަނީ ރާއްޖޭގެ ރަށްތަކުގައި ހުރި ޒަމާންވީ ބައު އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ ގޮތުން މުޅިން އައު އިންޖީނުގެތައް އަޅައި، ރަށްރަށުގައި ޒަމާނީ ޔުޓިލިޓީ ޚިދުމަތްތައް ގާއިމްކުރަމުންނެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.