ޗައިނާއިން އުއިގޫރު މުސްލިމުންނާއި، އެހެނިހެން މުސްލިމު ނަސްލުތަކުގެ މީހުންނާއި މެދު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އދ ގައި ޗައިނާއަށް ފިއްތުންތައް ކުރިމަތިކުރުވުން އިތުރުކޮށްފިއެވެ.
އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ފަރާތްތަކާއި ޑިޕްލޮމެޓުން ވަނީ އދ އިން ޗައިނާއާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
އުއިގޫރުންނާއި މުސްލިމު ގިނަ ނަސްލުތަކާ މެދު ޗައިނާއިން އަމަލުކުރާ ގޮތާ މެދު އދ އިން ފިޔަވަޅު އެޅުމަށް ގޮވާލާފައިވަނީ އދ.ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ލީޑަރުން ނިއުޔޯކް ސިޓީއަށް ވަޑައިގަތުމާއި، ޗައިނާގެ ޝިންޖިއާންގައި ހިންގާފައިވާ އިންސާނިއްޔަތާއި ދެކޮޅު ޖަރީމާތައް ހިންގާފާވެދާނެ ކަމަށް ބުނެ އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ފާހަގ ކުރެވުނު ކަންކަމުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓް އާންމުކުރިތާ ދެ ހަފްތާ ފަހުންނެވެ.
އެޓްލާންޓިކް ކައުންސިލާއި ހިއުމަން ރައިޓްސް ވޮޗުން ސްޕޮންސާކޮށްގެން ބޭއްވި ފޯރަމެއްގައި ޔޫއެން ސްޕެޝަލް ރެޕެޓުއާ އޮން މައިނޯރިޓީ، ފާނާންޑް ޑި ވަރެންސް ވަނީ، މިކަމަށް އަދަބު ނުދީ ދޫކޮށްލައިފިނަމަ، މި ޕްރޮޕެގޭޓް ކުރެވެނީ ކޮންކަހަލަ މެސެޖެއްތޯ ސުވާލު އުފައްދަވާފައެވެ.
އެ ފޯރަމުގައި ބައިވެރިވެވަޑައިގެންނެވިއދ.ގައި ހުންނަވާ އެމެރިކާ ޑެޕިއުޓީ ސަފީރު، ޖެފްރީ ޕްރެސްކޮޓް ވިދާޅުވީ އދ އިން ޗައިނާއާއި މެދު އަމަލުކުރާ ގޮތަކުން އެ މުއައްސަސާގެ ނަޒާހަތްތެރިކަމާމެދު ވަނީ ސުވާލު އުފެދިފައިކަމަށެވެ.
މި އަނިޔާވެރިކަންތައް އެޑްރެސްކުރާ ގޮތް ވެގެންދާނީ އދ ގެ ނިޒާމުގެ އިތުބާރަށް ނުވަތަ ބައިނަލްއަގްވާމީ ނިޒާމުގެ އިތުބާރަށް ކަމަށް ޖެފްރީ ވިދާޅުވިއެވެ.
އދ.ގެ ޒަމާނީ ނިޒާމު އުފެއްދުމުގައި އިސްކޮށްއުޅުނު ގައުމަކުން އަދި ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެއްގެ ހައިސިއްޔަތު ލިބިފައިވާ ގައުމަކުން، އެގައުމުގެ ވައުދުތަކާ އެހާ ބޮޑަށް ހިލާފުވާތަން ފެނުމަކީ ވަރަށް ބޮޑަށް މާޔޫސްވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2018 ވަނަ އަހަރު އދ އުއިގޫރުންގެ ސަގާފަތާއި ދީނީ އައިޑެންޓިޓީ ނައްތާލުމަށް 2018 ވަނަ އަހަރުން ފެށިގެން އެއް މިލިއަން މީހުން ވަނީ ޝިންޖިއާންގެ ޑިޓެންޝަން ސެންޓަރުތަކުގައި ބަންދުކޮށްފައެވެ.
.