ސީޕީ މުހައްމަދު ހަމީދު

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ފުލުހަކަށް މަރުގެ އިންޒާރުދިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން މާފަންނުގައި ހަރަކާތްތެރިވާ ކުށްކުރާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެފައިވާ ކަމަށެވެ.

އަދި އެތަނަށް ވަދެ ކޮންސްޓަބަލަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ހައްޔަރުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ އެ މީހާ ހައްޔަރުކުރި ފަހުން އެސްޓޭޝަން ދޮށަށް އެއްވި އެ ގްރޫޕުގެ މީހުނާމެދުވެސް ފިޔަވަޅު އެޅޭނެ ކަމަށެވެ.

ޖަމާއަތް ހަދައި، ކުށްކުރުމާއި، އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފް އަމަލްތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން"

ފުލުހަކަށް މަރުގެ އިންޒާރު ދީފައި މިވަނީ، މިފަހުން ފުލުހުންގެ ދެ މީހަކު އޮފްޑިއުޓީގައި އުޅެނިކޮށް ގުރޫޕަކުން އެ ދެ މީހުންނަށް އަނިޔާކޮށްފައި ވަނިކޮށެވެ. އެ މައްސަލާގައި މިހާތަނަށް 10 މީހަކު ފުލުހުންވަނީ ހައްޔަރު ކޮށްފައެވެ.

ސީޕީ ކުރިން ވެސް ވަނީ ގޭންގްތަކުގެ ކުރިމަތީގައި ފުލުހުން ކުޑަކަކޫ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *