މޫދަށް ވެއްޓިގެން ނިޔާވި ޒުވާނާ

ގއ. އަތޮޅު ފެރީގައި ހުރި މީހަކު ގެމަނަފުށީ ނެރުކައިރިން މޫދަށްވެއްޓުނު މީހާ ނިޔާވެއްޖެއެވެ.

މިހާދިސާގައި ނިޔާވީ ގއ. ކަނޑުހުޅުދޫ، ހީނާމާގެ، އުމުރުން 25 އަހަރުގެ އިރުފާން އަލީއެވެ.. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހަވީރު 17:45 ހާއިރެވެ.

ފުލުހުން ބުނީ އެމީހާ މޫދުން ނަގައިގެން ގެމަނަފުށީ ހެލްތް ސެންޓަރަށް ގެނައި އިރު ނިޔާވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވި ކަމަށެވެ.

އޭނާއަކި ފިޓްޖެހޭ މީހެއް ކަމަށާއި މޫދަށް ވެއްޓުނީ ފެރީވެ ދިރުނބާ ކޮޅުގައި އިތުރު ދެމީހުންނާއެކު ވާހަކަ ދައްކަން ހުއްޓާ ކަމަށް ގެމަނަފުށީ ކައުންސިލާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އިރުފާނަކީ އެމްޓީސީސީ ފެރީއެއްގައި ވަޒީފާ އަދާކުރަމުންދިޔަ ޒުވާނެކެވެ. އޭނާ މޫދަށް ވެއްޓުމުން ފެރީ މަޑުކޮށް އޭނާ ނެގުމުގެ މަސައްކަތް ކުރި ކަމަށާއި، އޭނާ ނެގުނީ 10 މިނިޓް ފަހުން ކަމަށް މައުލޫމާތު ލިބެއެވެ. ޑޮކްޓަރުންނާ ހަވާލާދީ ގެމަނަފުށީ ކައުންސިލުން ބުނީ އިރުފާން ނިޔާވީ ކެންބިގެން ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *