ޓައިވާނަށް އައި 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމެއްގައި  ބައެއް އިމާރާތްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަހައްދަށް ކުރިން ދީފައި އޮތް ސުނާމީގެ އިންޒާރު ނަގައިފިއެވެ.

މި ބިންހެލުމުގެ އަސަރު ޓައިވާންގެ އިތުރުން ޗައިނާއި، ޖަޕާން އަދި ފިލިޕީންއަށްވެސް ކުރިއެވެ. ޓައިވާނަށް ބިންހެލުން އައިސްފައިވަނީ ޗިޝާންގް ޓައުނަށެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ޖަޕާނުގެ މިޔަކޯ އައިލެންޑަށްވެސް ސުނާމީގެ އިންޒާރު ނެރެފައެވެ. އެހެންނަމަވެސް ފަހުން ޖަޕާނުން ވަނީ ސުނާމީގެ އިންޒާރު ނަގާފައެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ވަނީ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރާޅުއަރާފާނެ ކަމުގެ އިންޒާރުދީފައެވެ.

ޕޮޓޯތަކުން ފެންނަ ގޮތުގައި ޓައިވާންގެ ދެކުނު ސަރަހައްދުގެ ބައެއް އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. ޔޫއެސްޖީއޭއިން ފުރަތަމަ ބިން ހެލުން ރެޖިސްޓާރ ކުރީ ރެކްޓަރ މިންގަނޑުން 7.2 ގެ ބާރުމިނުގައެވެ. ޓައިވާނުގެ ބައެއް އިމާރާތްތަކުގެ ދަށުން ހަތަރު މީހުން ސަލާމަތްކޮށްފައިވާކަމަށާއި، ޓްރޭނަކުން 20 ޕެސެންޖަރުން ސަލާމަތްކޮށްފައިވާ ކަމަށް ޓައިވާނުގެ އޮފިޝަލުން މައުލޫމާތު ދެއްވައެވެ. ޓައިވާން ރެއިލްވޭ އެޑްމިނިސްޓްރޭޝަނުން ބުނީ ބިން ހެލުމ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *