ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕާމަނަންޓް ރެޕްރެޒެންޓޭޓިވްސް (އައިއޭޕީއާރް)ގެ ޝަރަފުވެރި މެމްބަރުކަން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފެއެވެ.

އައިއޭޕީއާރްގެ މެމްބަރުކަމަށް ކުރިމަތިލެވެނީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގައި މަސައްކަތްކުރެއްވި ބޭފުޅުންނަށެވެ. މިނިސްޓަރ ޝާހިދު ވަނީ އދ ގެ އާންމު މަޖިލީހުގެ ނިމިގެން ދިޔަ 67 ވަނަ ސެޝަންގެ ރައީސްގެ މަގާމު އަދާކުރައްވާފައެވެ.

އައިއޭޕީއާރްގެ މެމްބަރުންނަށް މެމްބަރޝިޕް ކާޑެއްވެސް ހަވާލުކުރެއެވެ. މިކާޑު އަހަރަކު އެއް ފަހަރު އާކުރަންޖެހެއެވެ.

އައިއޭޕީއާރްގެ އެގްޒެކްޓިވް ބޯޑުގައި 13 މެމްބަރުން ތިއްބަވައެވެ. އެގްޒެކްޓިވް ބޯޑު މެމްބަރުންގެ ގޮތުގައި ތިއްބަވާނީ އެއިރެއްގައި ޔޫއެންގެ މަސައްކަތްތަކަށް ނިއު ޔޯކްގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ހޮވާލެވޭ މެމްބަރުންތަކެކެވެ.

މި އެސޯސިއޭޝަނަކީ ޔޫއެންގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ކުރީގެ މެމްބަރުންގެ ބައިވެރިވުން ޔޫއެންގެ ހަރަކާތްތަކުގައި އިތުރުކުރުމެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ޔޫއެންއިން ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް މިއެސޯސިއޭޝަނުން އެހީވެދެއެވެ.

މިނިސްޓަރ ޝާހިދު ވަނީ އެ އެސޯސިއޭޝަންގެ ޝަރަފްވެރި މެމްބަރުކަން އެމަނިކުފާނަށް ދެއްވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެންވެސް އެސޯސިއޭޝަންގެ އެމްބެސެޑަރުން ބެހެއްޓެވި ގާތްކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.