ދުނިޔޭގެ 1 ވަނަ ނަމްބަރު ޓެނިސް ކުޅުންތެރިޔާމަގާމު ހޯދި ރޮޖާ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލަން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.

އޭނާ ރިޓަޔާރކުރާކަން އިއުލާނުކުރުން ވެގެންދިޔައީ ޓެނިސްގެ ސަޕޯޓަރުންނަށް ލިބުނު ސޮކަކަށެވެ.

ސްވިޒަލޭންޑްގެ 41 އަހަރުގެ ފެޑެރާ ޓެނިސް ކުޅުން ހުއްޓާލަނީ ފާއިތުވި 24 އަހަރުގެ ތެރޭގައި 1500 އަށްވުރެ ގިނަ މެޗު ކުޅުމަށްފަހު އެވެ.

20 ގްރޭންޑް ސްލޭމް ޓައިޓްލް ހޯދި ފެޑެރާ އިންސްޓްރާގްރާމްގައި އާންމު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އަންނަ ހަފްތާގައި ލަންޑަނުގައި އޮންނަ ލާވާ ކަޕަށްފަހު، އޭޓީޕީ ޓުއާ އާއި ގްރޭންޑް ސްލޭމްސްގައި ދެން އޭނާ ނުކުޅޭނެ ކަމަށެވެ.

"ޓެނިސް އަހަރެން ހީކުރިވަރަށްވުރެ މާ ރަނގަޅަށް އަހަންނަށް ޓްރީޓްކޮށްފި. މިއީ އަހަރެންގެ ވާދަވެރި ކެރިއާ ނިންމާލަންވީ ވަގުތުކަން ދަންނަންޖެހޭ. ގިނަބަޔަކަށް އެނގޭނެ ފާއިތުވި މަދު އަހަރުތަކުގައި އަނިޔާގެ ސަބަބުން އަހަންނަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި. އަހަރެން މަސައްކަތް ކުރިން ފުލް ފޯމަށް އަނބުރާ އާދެވޭތޯ. އެކަމަކު އިނގޭ އަހަރެންގެ ހަށިގަނޑުގެ ކެޕޭސިޓީ އާއި ލިމިޓްސްވެސް."

ފެޑެރާގެ ކެރިއާގެ ފަހުކޮޅު ހޭދަކުރަން ޖެހުނީ އެކި ފަހަރުމަތިން ލިބުނު އަނިޔާގެ ކުޅުމަށް މާ ބޮޑު ކުރިއެރުމެއް ނުލިބިއެވެ. ފެޑެރާ ވަނީ 2020 ވަނަ އަހަރު ކަކުލުގެ ދެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. ކަކުލަށް އަނިޔާ ލިބުނީ 2021 ގައި ވިމްބްލެޑަން ކުއާޓާ ފައިނަލްގައި ހޫބެޓް ހުރުކާޗް އަތުން މޮޅުވި މެޗުގައެވެ.

ފެޑެރާވަނީ އޭނާއާއި އެކު ކޯޓުގައި ކުޅުނު ވާދަވެރިންނަށް ޝުކުރު އަދާކޮށްފައެވެ. ފެޑެރާ ވަނީ 36 އަހަރުގައި ދުނިޔޭގެ 1 ވަނަ ނަމްބަރު ޓެނިސް ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި އެ މަގާމު ޖެހިޖެހިގެން 237 ހަފްތާވަންދެން ދިފާއުވެސް ކުރިއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.