ޑަބްލިއުޑީސީ އުވާލައި، ކައުންސިލާ އެއްކޮށްލަންޖެހޭ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް އޮތްތޯ ބެއްލެވުމަށްފަހު އެކަން ހައްލުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޑަބްލިއުޑީސީގެ ދައުރު މިހާރަށްވުރެ ފުޅާކުރުމާ ބެހޭ ގޮތުން ކޮންފަރެންސްގައި ވާހަކަދެކެވުނު ކަމަށާ ބަޖެޓްގެ ދަތިކަމާއި މަސައްކަތްކުރާނެ ރަނގަޅު މާހައުލެއް ނެތުމާއި ޕާޓްޓައިމް ތަނެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހުންމާ ރަމަޟާން މަހުގެ އިނާޔަތް ނުލިބުމާއި މެޓާނިޓީ ލީވް ހަމަނުޖެހުން ފަދަ ކަންކަން ޑަބްލިއުޑީސީން ފާހަގަކޮށްފައިވާ ކަމަށެވެ.

އަޅުގަނޑު ނުދެކެން، ޑަބްލިއުޑީސީ އުވާލައި، ކައުންސިލާ އެއްކޮށްލަންޖެހޭ ހިސާބަށް ދިޔަކަމަކަށް. އަޅުގަނޑަށް ފެންނަނީ މިހާރު މި އޮތް ގޮތަށް ގެންދެވޭތޯ މަސައްކަތްކުރަން"

ރައީސް ވިދާޅުވީ ޑަބްލިއުޑީސީއަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުމުން ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާ ޑަބްލިއުޑީސީއަކީ ފުލްޓައިމްކޮށް އިންތިހާބުކުރެވޭ ބަޔަކު ތިބި ތަނަކަށް ހެދުމުން ހައްލުތަކެއް ލިބޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.