ސަރުކާރުން ކުރިއަށްގެންދާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ސަރުކާރުން އެމީހުންނަށްދޭ ޢިނާޔަތް ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހައްދުންމަތީ ގަމުގައި ކުރިއަށްގެންދިޔަ ވިއަވެތި ކޮންފަރެންސް ނިންމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ ޢިނާޔަތްތައް ހަމަޖެއްސުމަކީ ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށާ މިނިޒާމުވެސް އިތުރަށް ހަރުދަނާ ކުރެވެން އޮތީ ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކުގެ ދައުރުވެސް އޮވެގެންކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ އެއްބާރުލުން، އިޖުތިމާއީ ރައްކާތެރިކަން ގާއިމް ކުރުމުގައި ވީހާވެސް ބޮޑަކަށް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތްތައް ބޮޑުކުރުމާ ގުޅޭގޮތުން އެފަރާތްތަކުން ދޭތެރެ ދޭތެރެއިން އެމަނިކުފާނާ ހުށަހަޅާ ކަމަށާ މިވަގުތު ކުރިއަށްދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެފަރާތްތަކަށްދޭ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ދަފްރަތެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެ ގެންދަނީ، އިރާދަކުރެއްވިއްޔާ އެ ނިމުމާއެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ ދަންނަވަން،"

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ ޢިނާޔަތެއްގެ ގޮތުގައި ސަރުކާރުން މިހާރު ދެމުންގެންދަނީ 2000 ރުފިޔާއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.