ސަވާރީ ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި

ހދ.ނޮޅިވަރަންފަރު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އަރައިފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދޭގޮތުގައި "ސަވާރީ" ނަމަކަށް ކިޔާ މުދާއުފުލާ ދޯންޏެއް ނެރުމައްޗަށް އަރައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން 19:34 ހާއިރު ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އެހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 18:30 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ދައުރުވަމުންދާ ވީޑިޔޯގައި އެވަގުތު ކަނޑު ގަދަކަން އެނގެއެވެ. އެބޯޓުގައި ތިބީ މީހުންގެ އަދަދެއް އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި  ސާފެއްނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *