މިދައުރުގެ ރައްޔިތުންގެ މަޖިލިސް މެމްބަރުން ހުވާކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ރައީސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދުކުރައްވާކަން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 މެމްބަރުންނަށްވުރެ އިތުރުނުވާ ގޮތަށް ހެދުމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު، މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިސްލާހާއި ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރެއްވުމުން މިއުވާން ވިދާޅުވީ މަޖިލީސް މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ރައީސް ތާއީދުކުރައްވާކަމަށެވެ.

އެހެންނަމަވެސް ވަކި އަދަދެއް އަދި ކަނޑައަޅާފައިނުވާ ކަމަށާއި އެއަދަދު ކަނޑައަޅުއްވަނީ އިތުރު މަޝްވަރާއަށްފަހުކަމަށް މިއުވާން ވިދާޅުވިއެވެ.

ގާނޫނުއަސާސީގައި ވާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިއްބަވަން ޖެހެއެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެއެވެ.

މެމްބަރު ގާސިމް ހުށަހަޅުއްވާފައިވާ އިސްލާހުގައި ހުއްޓުމެއްނެތި މަޖިލީހުގެ މެމްބަރުން އިތުރުވަމުންދާކަމުގައިވާ ނަމަ ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެކަށީގެންނުވާ އަދަދަކަށް މެމްބަރުން އިތުރުވެގެންދާނެކަން ފާހަގަކުރައްވާފައިވެ އެވެ. މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް 87 މެމްބަރުން ތިއްބަވައެވެ. އެހެންނަމަވެސް، ގިނަ ޖަލްސާތަކަށް  ހާޒިރުވާ މެމްބަރުންގެ އަދަދު 40 އަށްވެސް ނާރާކަން ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *