އައްޑޫ ކުޅީގައި ރޯވެ އަލިފާންގަނޑު ފެތުރެމުން އެބަދެއެވެ.
އެމްއެންޑީއެފްއިން ބުނީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގު ބުރުކައިރި ވަލުތެރޭގައި ހުރި ގަސްތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 17:25 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އައްޑޫ ސިޓީ ކުޅީގައި އަލިފާނުގެ ހާދިސާތައް މީގެ ކުރިންވެސް ވަނީ ހިނގާފައެވެ.