ޖަލުތަކުގައި ގައިދީން ތިބީ ނުރައްކާތެރި އޮއެވަރެއްގައި ޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް 51 އަހަރުފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ދާދިފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ރިޕޯޓުގައި ހުރި ބައެއް ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުއްވާ ވާހަކަދުޅު ދައްކަވާފައެވެ. އެގޮތުން މާފުށީ ޖަލުގައި ހަރުކަށި ފިކުރުގެ ވަރުގަދަ ޙަރަކާތްތަކެއް ހިންގަމުންދާ ކަމަށް، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ އެއީ، ސަރުކާރުން ބޭނުންވެގެން ހޯމް މިނިސްޓްރީގެ އެދުމަކަށް ޓްރާންސްޕޭރެންސީން ކުރި ދިރާސާއެއް ކަމަށެވެ.

އަޅުގަނޑުމެންގެ ބޭނުމަކީ، މުޅިން މިނިވަން ބަޔަކު ލައްވައި ދިރާސާކޮށް ޖަލުގެ ޙާލަތު ދެނެގަތުން"

ރައީސް ވިދާޅުވީ އެ ދިރާސާއިން ފާހަގަވި ކަމަކީ، ޤައިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައިކަމެވެ. އެއް ކަމަކީ، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ޤައިދީންގެ ނުފޫޒު ކަމަށާ އަނެއް ކަމަކީ ދީނީ ހަރުކަށި ފިކުރުގައި ޤައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރު ކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ހަމައެކަނި ޖަލުގައެއް ނޫން، މުޅި މުޖުތަމަޢުގެ ތެރޭގައި މޫލައި ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަ"

ރައީސް ވިދާޅުވީ މި ދިރާސާއިން ފާހަގަވި އަނެއް ކަމަކީ، ޖަލުތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، ޖަލުތަކުގައި ތިބޭ ޤައިދީންގެ ކަންތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރިކަމެވެ. އެކަންކަން އިރާދަކުރެއްވިއްޔާ ކުރަމުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދީނީ ހަރުކަށި ފިކުރުގެ އެންމެން ޖަލުގައި ހައްޔަރުކުރުމުން، މައްސަލަ ޙައްލުވީކީ ނޫންކަން ފާހަގަކުރައްވާ ރައީށް ވިދާޅުވީ އެފަދަ ޤައިދީންނަށްވެސް، އެކަމާ ގުޅުންހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގަންޖެހޭ ކަމަށެވެ. އެގޮތުން އެކަމަށްޓަކައި، 100 މީހުންގެ ޖާގައިގެ ޚާއްޞަ ޔުނިޓެއް މާފުށީ ޖަލުގައި ޤާއިމުކޮށް، އެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.