ފޮޓޯ: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ދުވާފަރު ކައުންސިލުން ހިންގިކަމަށް ލޯކަލް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އޭސީސީން ބުނީ ދުވާފަރު ކައުންސިލުން ހިންގިކަމަށް އެލްޖީއޭއިން ހާމަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަ 21 ޖުލައި 2022 ގައި ހުށަހެޅި މައްސަލަ ދިރާސާކުރުމަށްފަހު، މައްސަލަ ބަލައިގަނެ، އެމައްސަލައިގެ ތަހުގީގު، ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިވަގުތުވެސް އޭސީސީގެ އިންވެސްޓިގޭޓަރުން ހިމެނޭ ޓީމެއް ދުވާފަރުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ދުވާފަރަށް ދިޔަ އޭސީސީގެ ޓީމުން މި މައްސަލައާ ގުޅޭ ލިޔެކިއުންތައް ބަލައި ދިރާސާ ކުރުމުގެ އިތުރަށް ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ދަނީ ސުވާލުކުރަމުންނެވެ. އަދި ފައިސާއާ ގުޅޭ މުޢާމަލާތްތައް ހިންގާފައިވާގޮތްވެސް ބަލާނެކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ކައުންސިލްތަކުގެ ކަންކަން މޮނިޓަރ ކުރާ ލޯގަލްގަވްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރުނު ރިޕޯޓެއްގައިވަނީ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައެއް މެންބަރުން އަދި ކައުންސިލްގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލުގެ ފައިސާ ލިޔެކިއުމެއް ނެތި ޖަމާކޮށްފައިވާކަން ހާމަކޮށްފައެވެ.

އަދި ނަގުދު ފައިސާއިންވެސް ހުއްދަނެތި ލިޔެކިއުމަކާއި ނުލާ ބޮޑެތި އަދަދުތަކުން ބައެއް ކައުންސިލަރުންނަށް  ބަހާފައިވާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ދުވާފަރު ކައުންސިލުން ބުނީ އެލްޖީއޭގެ ރިޕޯޓަކީ ޒިންމާދާރުކަން ކުޑަ ގޮތަކަށް އާންމު ކުރި ރިޕޯޓެއް ކަމަށެވެ. އެލްޖީއޭގެ ހޯދުންތަކަށް ޖަވާބުދާރީވުމަށް ކައުންސިލަށް އެކަށީގެންވާ ފުރުސަތުވެސް ދީފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ ރިޕޯޓްގައި ހުރި  ހުރިހާ ކަމެއް ކައުންސިލުން ދޮގުކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.