ޗައިނާ އަށް ބިންހެލުން އައި ސަރަހައްދުން މީހުން ސަލާމަތް ކުރުނީ - ފޮޓޯ:ރޮއިޓާސް

6.8 މެގްނިޑިއުޓްގެ ބާރުމިނުގައި ޗައިނާއަށްއައި ބިންހެލުމެއްގައި 65 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ގެއްލިއްޖެ އެވެ.

ޗައިނާގެ ސިޗުއާން ޕްރޮވިންސަށް އައި މި ބިންހެލުމުގައި ބައެއް ވިލެޖްތަކުން ބިންގަނޑު ކަނޑައިގެން ދިއުމާއި އެ ޕްރޮވިންސުގެ ވެރިރަށް ޗެންޑޫ އާއި 200  ކިލޯ މީޓަރު ދުރުގައިވާ އިމާރާތްތަކަށް ވަނީ ލޮޅުން އަޅާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން 65 މީހުން މަރުވެފައިވާއިރު 200 އަށް ވުރެ ގިނަ މީހުން އެކަހެރި ވިލެޖްތަކުގައި ތާށިވެފައިވާ ކަމަށާއި، ގިނަ އަދަދެއްގެ މީހުން ވަނީ ގެއްލިފައެވެ.

ބިންހެލުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި އަނިޔާވި 250 މީހުންނަށް ފަރުވާދީފައިވާއިރު ބައެއް  މީހުންނަށް ވަރަށް ބޮޑަތި އަނިޔާތަށްވެސް ލިބިފައިވެއެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން އަންނަނީ އެކަހެރި ވިލެޖްތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރޭގައި އެއްވެސް މީހަކު ތާށިވެފައިވޭތޯ ބަލަމުންނެވެ.

ބިންހެލުން އައިސްފައިވަނީ އިންޑިއާ ފަޅިން ޓިބެޓަން ޕްލެޓޯގެ ނިމޭ ހިސާބުގައިވާ ފަރުބަދަމަތީ ސަރަހައްދެއްކަމުގައި ލޫޑިން ކައުންޓީއަށެވެ. މި ސަރަހައްދަކީ އާންމުކޮށްވެސް ބިން ހެލުން އަންނަ ސަރަހައްދެކެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ތެރެއިން އަނިޔާވެފައިވާ  އަންހެނެއް ފަޔަރފައިޓަރުން ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ޗައިނާގެ ގައުމީ ޓީވީ، ސީސީޓީވީން ވަނީ ދައްކާފައެވެ.

ޗައިނާގެ މޫސުމާއި ބެހޭ އިދާރާއިންލަފާކޮށްފައިވާ ގޮތުން ލޫޑިން ކައުންޓީއަށް ކުރިޔަށް އޮތް ތިން ދުވަހު ވިއްސާރަ ކުރާނެއެވެ. އޭގެ ސަބަބުން މީހުން ސަލާމަތް ކުރުމަށް ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް ބެލެއެވެ.

ޗައިނާގެ މީޑިއާތަކުން ބުނާ ގޮތުގައި ބިން ހެލުމާއި ގުޅިގެން 50،000 މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. ބިންހެލުމުގެ ފަހުން މިއަދު ހެނދުނު ޗައިނާ ގަޑިން 7 ޖެހުމާއި ހަމައަށް، 10 ފަހަރެއްގެ މަތިން ލޮޅުން އެރިކަމަށް ޗައިނާގެ ބިން ހެލުންތައް މޮނިޓަރ ކުރާ ސެންޓަރަށް ރިކޯޑް ކުރެފިވައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *