ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

މާލޭގައި އުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިނީބަހުގެ ޚިދުމަތް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން މިއަދު މާލޭގައި ފެށި މިނީ ބަހުގެ ޚިދުމަތާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީ ބަހުގެ ޚިދުމަތް ފެށިގެން ދިޔުމަކީ، މިނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މި ޚިދުމަތްވެ އިތުރަށް ތަރައްގީވެގެން ދަނެ،"

މިނީ ބަހުގެ ހިދުމަތް މިއަދު ފަށާފައިވާއިރު ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:45އިން ފެށިގެން ރޭގަނޑު 12:15 އާއި ހަމައަށް މިނީ ބަހުގެ ހިދުމަތް އާންމުންނަށް ލިބޭނެއެވެ. އަދި މި ޚިދުމަތް ކޮންމެ ބަސްހުއްޓިއަކުން 10 މިނެޓާއި 15 މިނެޓާއި ދޭތެރޭ ވަގުތެއްގައި ލިބޭނެއެވެ. ތިން ރޫޓަކުން ބަހުގެ ހިދުމަތް ދެމުންދާއިރު، ކޮންމެ ރޫޓެއްގައި 40 ބަސްހުއްޓި ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މާލެ ބަހުގެ ޙިދުމަތުގައި ޖުމުލަ 18 ބަސް ހަރަކާތްތެރިވާނެއެވެ. 18 ބަހުގެ ތެރެއިން 8 ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަ އެކުލެވޭ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކުރެވިފައިވާ ބަސްތަކުގައި 20 ގޮނޑި ހުންނާނެއެވެ. އަދި ރޭމްޕް ހަރުކުރެވިފައި ނުވާ ބަސްތަކުގައި 22 ގޮނޑި ހުންނާނެ ކަމަށާއި މި ދެވައްތަރުގެ ބަހުގައިވެސް އިތުރަށް 10 މީހުނަށް ކޮޅަށްތިބެ ދަތުރުކުރުމަށް އަތުން ހިފަހައްޓާނެ 10 ހޭންޑަލް ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މާލޭގައި މިއަދު ފެށި މިނީ ބަހުގެ ޙިދުމަތަށް ކަނޑައަޅާފައިވާ އަގަކީ -/7 ރުފިޔާއެވެ. އެހެންނަމަވެސް ފުރަތަމަ ދެ ހަފްތާތެރޭގައި މިހިދުމަތް ހިލޭ ލިބިގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. މިމުއްދަތަށްފަހުވެސް އުމުރުން ދުވަސްވީ މީހުންނާއި، 3 އަހަރުން ދަށުގެ ކުދިންނާއި ސްކޫލް ޔުނިފޯމްގައި ތިބޭ ދަރިވަރުންނަށް ހިލޭ މިހިދުމަތް ފޯރުކޮށްދޭނެކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތް ހިލޭ ފޯރުކޮށްދޭ މުއްދަތު ނިމުމުން، އާރްޓީއެލް ވެބްސައިޓް އަދި
އެޕްލިކޭޝަން މެދުވެރިކޮށް ކިޔުއާރް ޓިކެޓް ގަނެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އާރްޓީއެލް ޓްރެވަލް އެޕް އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.