ދުނިޔޭގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާގެ ވަދާއީ މެޗު ހުކުރުދުވަހުގެ ރޭ އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދިޔައީ މަޝްހޫރު މީހުންނާއި ކުރީގެ ރައީސުންނާއި  ސިޔާސީގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކާއި އެކު ގާތްގަނޑަކަށް 24 ހާސް ސަޕޯޓަރުންގެ ކުރިމަތީގައެވެ.

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި ސެރީނާ ކުޅުނު އެންމެ ފަހު ސިންގަލްސް މެޗު ބެއްލެވުމަށް އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންވެސް ވަޑައިގެންނެވިއެވެ. އަދި މަޝްހޫރު ފަންނާނުން އާތޫރް އޭޝް ސްޓޭޑިއަމްގައި ތިއްބެވެ.

ސެރީނާ ވިލިއަމްސް އެނާގެ ވަދާއީ މެޗު ނިންމާލުމަށްފަހު

އޭގެތެރޭގައި އެމެރިކާގެ އޭ ލިސްޓުގައި ހިމެނޭ އެކްޓަރުންނާއި ސިޔާސީ މީހުންނާއި އެކި ކުޅިވަރުތައް ކުޅޭ މަޝްހޫރު އެތްލީޓުންވެސް ހިމެނެއެވެ.

ސެރީނާ ޓެނިސްގެ ކެރިއަރު ނިންމާލާ ރިޓަޔާރ ކުރުމުގެ ކުރިން ކުޅުނު އެންމެ ފަހު މެޗު ބެލުމަށް ހާޒިރުވި މީހުންގެތެރޭގައި އޭނާގެ ފިރިމީހާ އެލެކްސިސް އޮހައިނާން އާއި 5 އަހަރުގެ ދަރިފުޅު އޮލިމްޕިއާ އާއި، ސެރީނާގެ މަންމަ ހިމެނެއެވެ.

ސެރީނާގެ ފިރިމީހާ އާއި ދަރިފުޅު ސެރީނާގެ ވަދާއީ މެޗު ބަލަނީ

އަދި އެކްޓަރުންގެ ތެރެއިން ޓައިގާ ވުޑްސްއާއި އެމެރިކާގެ ފިލްމު ޑައިރެކްޓަރ ސްޕައިކް ލީ ، އާއި ޓެނިސްގެ މަޝްހޫރު ތަރި ބިލީ ޖީން ކިންގް އާއި ކުރީގެ ޓެނިސް ލެޖެންޑް މާޓިނާ ނަވްރަޓިލޯވާ ވެސް ސެރީނާގެ ފަހު މެޗު ބަލަށް ސްޓޭޑިއަމުގައި ތިއްބެވެ.

އެކްޓަރ ޓައިގާ ވުޑްސް (މ)  އާއި ރިޓަޔަރ ކޮށްފައިވާ ޓެނިސް ލެޖެންޑް މާޓިނާ (ކ)

އަދި ސިޔާސީ ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް ބިލްކްލިންޓަންގެ އިތުރުން ނިއުޔޯކުގެ ގަވަރުނަރު ކެތީ ހޯކަލް އާއި ނިއުޔޯކްގެ މޭޔަރު އެރިކް އެޑަމްސް ވެސް ސެރީނާގެ ފަހު މުބާރާތްބެއްލެވުމަށް ވަޑައިގެންނެވިއެވެ.

މީގެ އިތުރުން އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޑިއޯން ވޯވިކް އާއި އެމެރިކާގެ ކޮމީޑިއަން އެންތަނީ އެންޑާސަން އާއި ޗެލްސީ ހެންޑްލާ މަޝްހޫރު މޮޑެލް ޖީޖީ ހަދީދް ވެސް ސެރީނާގެ ވަދާއީ މެޗަށް ހާޒިރުވިއެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ޑިއޯން ވޯވިކް(ވ)

އަދި ސެރީނާގެ ވަދާއީ މެޗާއި ގުޅިގެން މަޝްހުރޫ ފަންނާނުންނާއި ސިޔާސީ ފަރާތްތަކުންނާއި ކުޅިވަރު ސްޓާރުން އަދި ސެރީނާއަށް ސަޕޯޓްކުރާ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ސެރީނާއަށް ތައުރީފުކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ އާއި އޯޕްރާ ފަދަ އެމެރިކާގެ ނުފޫޒު ގަދަ އަންހެން ބޭފުޅުންވެސް ހިމެނެއެވެ.

ސެރިނާގެ 27 އަހަރުގެ ދިގު ކެރިއާ ނިންމާލީ މިވަގުތު އާއިލާއަށް އިސްކަން ދިނުމުގެ ގޮތުންނެވެ. އެންމެ ފަހު މެޗަށްފަހު ދިން އިންޓަވިއުގައި ރޮވިފައި ހުރި ސެރީނާ ވަނީ އޭނާ އެހާ ހިސާބަށް ގެނެސްދީނީ އޭނާގެ ސަޕޯޓަރުން ކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ސެރީނާގެ ޓެނިސްގެ ކެރިއާގެ ކާމިޔާބީ އަކީ އޭނާގެ މަންމަ އާއި ބައްޕަ ކަމަށް ފާހަގަކޮށް އެފަރާތްތަކަށާއި އޭނާގެ ދައްތަ އަދި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ވީނަސް ވިލިއަމްސްއާއި ސެރީނާގެ ފިރިމީހާއަށްވެސް ޝުކުރު އަދާކުރިއެވެ.

ސެރީނާއަކީ 23 ފަހަރަށް ގްރޭންޑް ސްލޭމްސް ޓައިޓްލް ހޯދި ކުޅުންތެރިއެކެވެ. އެންމެ ގިނަ ފަހަރަށް ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކުރި 3 ލެޖެންޑުންގެ ތެރޭގައިވެސް ސެރީނާ ހިމެނެއެވެ.

ސެރީނާ ހޯދާފައިވާ ކާމިޔާބީތައް ދުނިޔޭގެ މަޝްހޫރު ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސްވިޒަލޭންޑްގެ ރޮޖާ ފެޑްރާ އާއި ސްޕެއިންގެ ރަފައެލް ނަޑާލް ހޯދާފައިވާ ކާމިޔާބީއާއި އެއްވަރެވެ.

ސެރީނާގެ ވަދާއީ މެޗުގައި އޮސްޓްރޭލިއާގެ އައިލާ ޓޮމްލިއާނޮވިޗް އަތުން 2-1 ސެޓުން ވަނީ ބަލިވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.