ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބާތާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" އަށް ހުށައެޅުމުގެ ފުރުސަތު ޓުއަރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" ދިނުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސިނާއަތްތަކަށް މަސައްކަތްކޮށްދީފައިވާ ފަރާތްތަކާއި ތަންތަނުގެ ޚިދުމަތްތައް ފާހަގަކުރުންކަމަށެވެ.
"ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑްސް" 25 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އެވޯޑަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި ތަންތަނަށްވެސް ކުރިމަތިލެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި އެވޯޑަށް ވާދަކުރުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 11 ވަނަ ދުވަހެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭއަހަރާއި ގުޅުވައިގެން މިއަހަރު ޓޫރިޒަމް މިނިސްޓްރީން މުޅި އަހަރަށް ބަހާލައިގެން ގިނަ ކަންތައްތަކެއް ދަނީ ކުރަމުންނެވެ.