ތިން ރަށެއްގައި ކުޅިވަރު ފެސިލިޓީ ގާއިމްކުރުމަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައި
3 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ޔޫތު މިނިސްޓްރީއިން ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފިއެވެ.
އެ ތިން ރަށަކީ ރ. އިނގުރައިދޫ، ދ. ބަނޑިދޫ އަދި ފ. މަގޫދޫއެވެ. އިނގުރައިދޫ އަދި ބަނޑިދޫގައި ޔޫތު ކޮމިޔުނިޓީ ސެންޓަރެއް ގާއިމްކުރުމަށް ހަވާލުކޮށްފައިވާއިރު، މަގޫދޫގައި ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ގާއިމްކުރުމާއި ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ.
އިނގުރައިދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރު ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ އަލް އަމީން އިންވެސްޓްމަންޓާއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 4،882،477.15 ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ބަނޑިދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރު ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މެކްސްޓަރ މޯލްޑިވްސް ކުންފުންޏާއެވެ.  މިމަސައްކަތް ހަވާލުކޮށްފައިވަނީ 4،617،417.24 ރުފިޔާއަށް 120 ދުވަސްތެރޭ މިމަސައްކަތް ނިންމާ ގޮތަށެވެ.
މަގޫދޫ ގައި ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ ޓީއޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ  2،204،045.91 ރުފިޔާއަށް 55 ދުވަސްތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. އެރަށުގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް ހަވާލުކުރީ ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 4،792،327.84 ރުފިޔާއަށް 70 ދުވަސްތެރޭ މިމަސައްކަތް ނިންމާ ގޮތަށެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.