ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

ސަރުކާރުގެ ހިލޭ ޑިގްރީގެ ސްކީމުގައި ކިޔަވަމުންގެންދާ ދަރިވަރުންގެ އަދަދު މިހާތަނަށް 15،000އަށް އަރާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައާރަފްކޮށްދެއްވި ވިދާޅުވެއްޖެއެވެ.

މިކަން ފާހަގަކުރައްވާ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުންމީދަކީ ގައުމު ބިނާކުރުމުގައި ތައުލީމީ ގާބިލް ޖީލެއް އުފެއްދެވުން ކަމަށެވެ. އަދި ބޭނުމަކީ ގައުމު ބިނާކުރުމުގައި ބައިވެރިވެވޭނެ ފަދަ ޒުވާން ޖީލެއް އުފެއްދެވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުންގެންދާ 15،000 ދަރިވަރުންގެގެ ތެރޭގައި ހިމެނެނީ 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުންނެވެ. ހިލޭ ޑިގްރީގެ ޕްރޮގްރާމުގެ ދަށުން 5،163 ދަރިވަރުން މިހާތަނަށް ވަނީ ޑިގްރީ ފުރިހަމަކޮށްފައެވެ.

ހިލޭ ޑީގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބުނު 15،000 ދަރިވަރުން:

2019 ވަނަ އަހަރު: 4,804 ދަރިވަރުން،
2020 ވަނަ އަހަރު: 4،818 ދަރިވަރުން،
2021 ވަނަ އަހަރު: 3،301 ދަރިވަރުން،
2022 ވަނަ އަހަރުގެ މިހާތަނަށް: 2،077 ދަރިވަރުން

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 15،000އަށް ހަމަވުމާއި ގުޅިގެން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުގެ ސަބަބުން ވަރަށް ގިނަ ދިވެހިންނަށް އާއިލާކައިރީ ރަށުގައި ތިބެގެން ފުރަތަމ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިއްޖެ ކަމަށެވެ. އަދި މީގެ ސަބަބުނއިލްމީ ޖީލެއް ބިނާވެގެން ދިއުމުގެ ފުރުސަތު ވަރަށްބޮޑަށް ފަހިވެއްޖެކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް މިކަމުގެ ފައިދާ ކުރާނެ ކަމަށް ގަބޫލުކުރައްވާކަމަށާ، ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން މިހާބޮޑު ހޭދައެއް ކުރަނީ ރާއްޖޭގެ ކުރިމަގު އުޖާލާވެ ގައުމު ބިނާކުރެނިވި ފަންނީ ހުނަރުވެރި ޒުވާނުންތަކެއް އުފެއްދިގެންކަމުގައިވާތީ ކަމަށެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒު ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހިލޭ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ދަރިވަރުންނަށް ހިލޭ ޑިގްރީ ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023ގެ ނިޔަލަށް 5000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށެވެ. އަދި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިފައިވެ އެވެ.

0
0
0
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *