ކުޅިވަރު
ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފި
މުބާރާތުގައި ތައުލީމީ މަރުކަޒުން ކުޅުނު ސެމީ މެޗުގެ ތެރެއިން -- ފޮޓޯ/ އަހުމަދު އަރުޝަދު

ޝީޝާ ލާމަސީލު ލާމު އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ލ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފިއެވެ.

ލ. އަތޮޅު ތައުލީމީ މަރުކަޒުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މިއަދު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި 3-1 ގެ ނަތީޖާއަކުން ހަމަދު ސްކޫލް ބަލިކޮށްގެންނެވެ. މިއީ ލ. އަތޮޅު ތައުލީމީ މަރުކަޒުން މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެޓީމުން މިދިޔަ އަހަރުގެ ފައިނަލްގައިވެސް ކުޅެފައިވާ އިރު، މިފަހަރު ޗެމްޕިއަންކަން ހޯދައި ސްކޫލްގެ ތާރީހު ވަނީ ލިޔެލައިފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ތައުލީމީ މަރުކަޒުގެ ތިން ގޯލު ފެނިގެން ގޮސްފައިވެއެވެ. އެ ގޯލުތައް ޖަހައިދިނީ އަހުމަދު ރިޔާނާއި މުހައްމަދު އިނާލް އިބްރާހީމް އަދި މުހައްމަދު ރާޔިސް މުހުސިނެވެ.

ދެވަނަ ހާފަށް ނުކުމެ، ހަމަދުން ކުޅުން ރަނގަޅުކޮށް މުހައްމަދު ރިފްދާން އަލީގެ ގޯލުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، އެޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ފައިނަލް މެޗަށްފަހު އެކިއެކި މަގާމުތަކަށް ތަށްޓާއި ޓްރޮފީ ދީފައިވާ އިރު، މިއަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ތައުލީމީ މަރުކަޒުގެ ކެޕްޓަން މުހައްމަދު ސަޖުލް ޝުއައިބެވެ. އެންމެ މޮޅު ކޯޗަކީ ތައުލީމީ މަރުކަޒުގެ ކޯޗު، މުހައްމަދު އަނަސްއެވެ.

5
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top