ލަންދޫ ބޯޓު ގަފަރު ފަރަށް އަރާފ

މާލެއިން ފުރައިގެން ނ. ލަންދޫ އަށް ދަތުރުކުރަމުން ދަނިކޮށް މިއަދު އަޑިއަށްދިޔަ ލަންދޫ ބޯޓުގައި ހުރި މުދާތައް ދޯންޏަކަށް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ލަންދޫ ބޯޓު ދިޔަވެ ކ.ގާފަރު ފަރަށް އެރިތާ މާގިނައިރެއް ނުވެ އޭގެ ބޮޑުބައެއް ވަނީ އަޑިއަށް ދާންފަށާފައެވެ. އަދި މި ބޯޓުގައި ހުރި މުދާތައްވެސް ވަނީ އޮޔާދާން ފަށާފައެވެ.

ގާފަރުން މި ނޫހާ ވާހަކަދެއްކި މީހަކު ބުނީ ލަންދޫ ބޯޓުން ގާތްގަނޑަކަށް 36 ބިދޭސީންނާއި 12 ވަރަކަށް ދިވެހިން ދަތުރު ކުރި ކަމަށާ، އެމީހުން މިހާރު ގާފަރަށް ގެނެސްފައިވާ ކަމަށެވެ. އަދި ބޯޓުގައި ހުރި މުދާތަކާއި، އޮޔާދާން ފަށާފައިވާ މުދާތައް ކާށިދޫ ދޯންޏަކުން ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

މިއަދު ހެނދުނު ލަންދޫ ބޯޓު މާލެއިން ފުރި އިރު، ކުރިން އެބޯޓު ފުރުމަށް ތާވަލުކޮށްފައި އޮތީ މިމަހުގެ 29 ވަނަ ދުވަހު ނަމަވެސް، އެ ދުވަހު ފުރުން ލަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ނ. ލަންދޫ ބޯޓަކީ ނ އަތޮޅުގެ ގިނަ ރަށްތަކަށް މުދާ އުފުލާ ބޯޓެކެވެ. އެގޮތުން ލަންދޫ ބޯޓަކީ ވެރިކަން ކުރާ ރަށް، މަނަދޫ އާއި މާޅެންދޫ، ލަންދޫ އަދި މިލަދޫ އަށް މުދާ އުފުލާ ބޯޓެކެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 10:55ގައި ލިބިފައިވާކަމަށެވެ. އަދި މިހާރު އެ ހާދިސާ ހިނގި ސަރަހައްދަށް ދިޔުމަށް ކޯސްޓްގާޑުން ދަތުރުކުރަމުންދާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *