ސަދަން ބިޒްނަސް އެކްސްޕޯގެ ތެރެއިން/ ފޮޓޯ: ޕީއެސްއެމް

ސަދަން ބިޒްނަސް އެކްސްޕޯ ފެށިގެން ކުރިއަށް އެބަދެއެވެ.

މިއެކްސްޕޯގެ މަގްސަދަކީ ރާއްޖޭގެ ދެކުނުގެ ވިޔަފާރިތައް އިޝްތިހާރުކޮށް، ސަރުކާރާއި އާންމުންނާއި ވިޔަފާރިތައް ގުޅުވައި ދިނުމެވެ. މިއީ ސަދަން ބިޒްނަސް އެކްސްޕޯ ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން މި އެކްސްޕޯ ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ. މިއަހަރުގެ  އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 25އިން 27އަށް  އައްޑޫ ހައި ސްކޫލް ހޯލުގައެވެ.

އެކްސްޕޯ ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއްސައްތާރު ވަނީ ރާއްޖެއަކީ ޒުވާން ވިޔަފާރިވެރިން އަންނަ ގައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި އެކަށީގެންވާ އިންވެސްޓަރުންނާއި ޒުވާނުންނާއި ގުޅުވައިދިނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

އެކްސްޕޯ އިންތިޒާމް ކުރާ ޓައިޓަން މޯލްޑިވްސްއިން ފާހަގަކުރާ ގޮތުގައި ކޮވިޑްގެ ސަބަބުން އެކްސްޕޯގެ ފުރަތަމަ އެޑިޝަން އަދި ދެވަނަ އެޑިޝަން ބޭއްވުމުގައިވެސް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެހެންނަމަވެސް ރާއްޖެއާއި ބޭރުގެ ކުންފުނިތަކުން އެކްސްޕޯގައި ބައިވެރިވުމަކީ އެކްސްޕޯ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭކަމުގެ ހެއްކެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި އައްޑޫ ސިޓީގައި މި އެކްސްޕޯ ކުރިއަށް ގެންދިޔުމުގެ ސަބަބުން ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި އައްޑޫ ސިޓީއަށް އިތުރު މަގްބޫލުކަމެއް ލިބިގެންދާނެކަމަށް ޓައިޓަން މޯލްޑިވްސްއިން ގަބޫލުކުރެއެވެ.

ރާއްޖޭގެ އިތުރުން ބޭރުގެ އިންވެސްޓަރުން ބައިވެރިވާ މިއެކްސްޕޯގައި އެގްޒިބިޝަންގެ އިތުރުން ޕެނަލް ޑިސްކަޝަންތަކާއި  ބިޒްނަސް ފޯރަމެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ޕެނަލް ޑިސްކަސްޝަންތައް ކުރިއަށްގެންދަނީ މައިގަނޑު 5 ބަޔަކަށް ބަހާލައިގެންނެވެ. އެއީ

  • ޓުއާ އޮޕަރޭޓާސް އާއި ރިސޯޓް، ގެސްޓްހައުސް އަދި އެއަރލައިންސް
  • ޓްރޭޑިން އަދި ލޮޖިސްޓިކްސް
  • ތައުލީމާއި ސިއްހީ ދާއިރާ
  • ފައިނޭސް އެންޑް އިންޝުއަރެންސް
  • ރިނިއެބްލް އެނާޖީ: ފިއުޗަރ އެނާރޖީ

އެކްސްޕޯގެ ތެރެއިން ވިޔަފާރީގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ފަރާތްތަކަށް ޚާއްސަ އެވޯރޑްތަކަކާއި އެކު ގާލާ ނައިޓް އެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *