އުރީދޫ ކަލަރ ރަން މިމަހު 23 ގައި

އުރީދޫ  "ކަލަރ ރަން" އަޕްގްރޭޑްކޮށް އައު ކަންތައްތަކާއެކު އުރީދޫ "ފަން ރަން" އިއުލާންކޮށްފިއެވެ.

23 ޑިސެމްބަރ 2022 ގައި ބާއްވަން ހަމަޖެހިފައިވާ އުރީދޫ ފަން އިއުލާންކޮށްފައިވަނީ މީސް މީޑިއާގައި އުރީދޫއިން ޕޯސްޓްކުރި ކުލަގަދަ އަދި އެހާމެ ފޯރިގަދަ ވީޑިއޯ އަކުންނެވެ. އުރީދޫގެ ފޯރިގަދަ "ކަލަރ ރަން"ގެ މަންޒަރުތަކުގެ އިތުރުން "ފަން ރަން"ގެ މަޖާ ހަރަކާތްތަކަށްވެސް ކޮންމެވެސް ވަރަކަށް އެވީޑިއޯއިން އަލިއަޅުވާލައެވެ. އުރީދޫ "ފަން ރަން" އަކީ ރާއްޖޭގައި ބޭއްވޭ އެންމެ އުފާވެރި ރަން ކަމަށްވެސް އެކުންފުނިން ބުނެއެވެ.

"އަޅުގަނޑުމެންގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއެކު، އަޅުގަނޑުމެންގެ ޕްރޮޑަކްޓްތަކާއި، ޚިދުމަތްތަކާއި، އިވެންޓްތައްވެސް މިދަނީ އައު ހަރުފަތަކަށްގެންދިއުމަށް މަސައްކަތްކުރަމުނ. އެގޮތުން މިއަދު، މުޖުތަމަޢު އެއްވެގެން ބާއްވާ އިވެންޓްކާއި ދުރުގައި ގިނަ ދުވަސްތަކަކަށްފަހު، އުރީދޫ ކަލަރ ރަން އަޕްގްރޭޑްކޮށް، އުރީދޫ ފަން ރަން އިޢުލާންކޮށް، ރީލޯންޗްކުރުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫ ފަން ރަން ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ރަން އަށް، މި ރަންގައި އާއިލާ ތަކާއި އެކި އުމުރުފުރާތަކުގެ ރަހުމަތްތެރިންނަށް ވެސް ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ. ރާއްޖޭގެ ދުވުމުގެ މުޖުތަމަޢު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ކުރިއަރާފައި، އަޅުގަނޑުމެންގެ އުއްމީދަކީ މި ބޭއްވޭ އެންމެ އުފާވެރި ދުވުމުގައި ބައިވެރިވެ އިތުރު މީހުން ދުވުންފަދަ ހަރަކާތްތަކަށް ޝައުޤުވެރިކަން އިތުރުވުން".އުރީދޫ ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ޙާލިދް އަލް ހަމާދީ

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ.  ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *