އެސްއޯއެފްގެ ވެރިން

ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރުން ހިންގި އެންމެ ބޮޑު ހިޔާނަތް ކަމުގައިވާ އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅިގެން ފުރީޒް ކުރި އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކޮށް އަނެއްކާވެސް އެސްއޯއެފްގެ އެކައުންޓް ފުރީޒް ކުރުމުގެ އަމުރަކަށް އެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ވަނީ މަސައްކަތް ފަށާފައެވެ.

މިކަމާއި ގުޅޭ ގޮތުން އޭސީސީން ބުނެފައިވަނީ ފުރީޒް ކުރި އެސްއޯއެފްގެ އެކައުންޓް ދޫކޮށްލާފައިވާ ކަން އެ އިދާރާއަށް އެނގޭ ކަމަށާއި، ބެލެވޭ ގޮތުގައި އެކައުންޓް ދޫކޮށްލީ ވެރިފަރާތުން އެދުމުން ކަމަށެވެ.

2019 ވަނަ އަހަރު އޭސީސީން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން އެމްއެމްޕީއާރްސީ ދޫކޮށްފައިވާ 57 ފަޅަކަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 59.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ އެސްއޯއެފްގެ އެފްގެ އެކައުންޓަށެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެމްއެމްޕީއާރްސީ އެކައުންޓަށް ޖަމާކުރީ 12.5 މިލިއަން ޑޮލަރެވެ.

އެސްއޯއެފް އަކީ އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާ ކުރާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ ބަޔަކު ހިންގާ ކުންފުންޏެކެވެ. ހިޔާނާތުގެ މައްސަލަ ބަލަން ފެށުމާއެކު އެސްއޯއެފްގެ ވެރިން ވަނި ރާއްޖެ ދޫކޮށް ބޭރުގައުމުތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *