ޓެކްސްގެ ޕާކަކުން ފެނުނު ޑައިނަސޯ ފިޔަވަޅުތައް

ހިކިފައިވާ އެމެރިކާގެ ކޯރަކުން ގާތްގަނޑަކަށް 113 މިލިއަން އަހަރުވީ ޑައިނަސޯ ފިޔަވަޅުތަކެއް ފެނިއްޖެ އެވެ.

މި ފިޔަވަޅުތައް ފެނިފައިވަނީ ހޫނު ގަދަވުމުގެ ސަބަބުން އެމެރިކާގެ ޓެކްސަސްގައި ހުންނަ ޑައިނަސޯ ވެލީ ސްޓޭޓް ޕާކްގެ  ކޯރެއް ހިކިގެންނެވެ.

އެކި ސަރަހައްދުތަކުން ޑައިނަސޯ ފިޔަވަޅުތައް ފެނިފައިވާ މި ކޯރު ނިސްބަތްވަނީ އެކްރޮކެންތޯރަސް  ޑައިނަސޯއަށެވެ. މި ފިޔަވަޅުތަކަކީ 15 ފޫޓޫގެ ދިގު  އަދި ބަރުދަން ހަތް ޓަނާއި ގާތްކުރާވަރުގެ ޑައިނަސޯއެއްގެ ފިޔަވަޅުތަކެއް ކަމަށް އެ ޕާކުގެ ތަރުޖަމާން ވިދާޅުވިއެވެ.

ކޯރުން ފެނުނު ބައެއް ފިޔަވަޅުތަކަކީ 60 ފޫޓު ދިގު 44 ޓަނުގެ ސޯރޮޕޮސައިޑެން އެއްގެ ފިޔަވަޅުތައް ކަމަށް ބެލެވޭ ކަމަށްވެސް އެޕާކުން ބުނެއެވެ.

ޓެކްސްގެ ޕާކަކުން ފެނުނު ޑައިނަސޯ ފިޔަވަޅެއް

ހޫނު މޫސުމުގެ ސަބަބުން އެޕާކުގެ ކޯރުގެ އެއްކޮށް ހިކިފައިވާ ބައިތަކުން ފެނުނު ޑައިނަސޯ ފިޔަވަޅުތަކަކީ މި ގޮތަށް ފޮރުވިފައިވާ އެންމެ ގިނަދުވަސްވީ ސިއްރުތަކުގެ ތެރެއިން އެންމެ ފަހުން ހޯދިފައިވާ ހޯދުމެކެވެ.

ހުޅަނގުގެ އެކި ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ބައެއް ކޯރުތަކާއި ފެންގަނޑުތައް އޮންނަ ސަރަހައްދުތައް ވަނީ ހިކިފައެވެ. ޓެކްސަސްގެ 60 އިންސަތައަށްވުރެ ބޮޑު ސަރަހައްދެއްވެސް ވަނީ ހޫނު ގަދަވުމުގެ ސަބަބުން ހަނަފަސް ވެފައެވެ.

ޑައިނަސޯ ވެލީ ޕާކުން ބުނީ ކުރިޔަށް އޮތީ ވިއްސާރަ ދުވަސްވަރެއް ކަމުން މި ފިޔަވަޅުތައް އަނެއްކާވެސް ފޮރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް މުސްތަގުބަލުގައި އަންނަން އޮތް ޖީލުތަކަށް ފެންނާނެހެން މި ޑައިނަސޯ ފިޔަވަޅުތައް ރައްކާތެރި ކުރަން އެ ޕާކުން މަސައްކަތް ކުރާނެ ކަމަށް ޕާކުގެ ތަރުޖަމާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.