ގދ. އަތޮޅު ތައުލީމީ މަރުކަޒު

ގދ. ތިނަދޫގައި ހުންނަ ގދ.އަތޮޅު ތައުލީމީ މަރުކަޒުގައި ދެ ދަރިވަރު މާރާމާރީ ހިންގި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަމުންދާ ކަމަށް ބުނެފިއެވެ.

މި މާރާމާރީގައި ބުލީކޮށް އަނިޔާކޮށްފައިވާ ފިރިހެން ދަރިވަރަކީ އޯޓިޒަމް ހުންނަ  ކުއްޖެއްކަމަށް މައުލޫމާތު ލިބެއެވެ.

ދެ ފިރިހެން ދަރިވަރުން މާރާމާރީ ހިންގާ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އަންނަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ.

ވީޑިއޯއިން ފެން ގޮތުގައި ދެ ކުއްޖެއްގެ މެދުގައި މާރާމާރީ ހިންގީ ކުލާހެއްގެ ތެރޭގައެވެ.  އެ ކުލާހުގައި އިތުރު  ދަރިވަރުންތަކެއްވެސް ތިއްބެވެ.

އެހެންނަމަވެސް އެވަގުތު ކުލާހުގައި މުދައްރިސަކު ހުންނެވި ކަމަކަށް ނުބެލެވެއެވެ. މި މާރާމާރީ ހުއްޓުވީ އެ ކުލާހުގައި ތިބި ކުދިންނެވެ.

މިކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން އަދި އެ ސުކޫލުންވެސް ތަފްސީލެއް ނުދެއްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *