ފޮޓޯ: އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީ.އާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އިތުރު ދައުވާތަކެއް ކުރުމަށް ތައްޔާރުވަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން ބުނީ މްއެމްޕީ.އާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން އިތުރު ދައުވާތަކެއް މިމަހު ފަހުކޮޅު ނުވަތަ އަންނަމަހުގެ މެދު ތެރޭގައި ކުރެވޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވަނީ ކުރީގެ ރައީސް ޔާމީން، ކުރީގެ ނާއިބު ރައީސް އަދީބް، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތު އަދި ކުރީގެ މެމްބަރު މުހައްމަދު ނިހާނުގެ މައްޗަށެވެ.

އެމް.އެމް.ޕީ.އާރު.ސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ 281 ފަރާތެއްގެ ނަން މަޖިލީހުން އާންމުކުރި މިލިސްޓުގައި ހިމެނެއެވެ. އޭގެ ތެރޭގައި ދަޢުލަތުގެ އެކިއެކި މަޤާމުގައި ތިބި 119 މީހަކު ހިމެނެއެވެ. މީގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން 16 މެންބަރަކުވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ތަހުގީގުކުރީ އޭސީސީ އާއި ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެންނެވެ.

1
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *