އެންމެ ބޮޑު ހިޔާނާތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތްވާއިރު، އޭގެން މަންފާ ލިބުނު މީހުންގެ ލިސްޓް އާންމު ނުކޮށްގެން އުޅޭ ސަބަބާއި މެދު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަދުލްގައްޔޫމް ސުވާލު އުފައްދަވައިފި އެވެ.

ޕީޕީއެމް/ޕީއެންސީން 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އެރުވުމަށްޓަކައި، ކާނިވާ ސަރަހައްދުގައި ބޭއްވި "ހަވާލޭ ވަތަން" ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މަންފާލިބިފައިވަނީ ކާކަކަށް ކިހާވަރެއްތޯ ބަލާލަން ޖެހޭ ކަމަށާއި، ރައީސް ޔާމީން ނަމުގައި ފައިސާ ހުއްޓޭ ކިޔާފަ ތަހުގީގުކޮށް ޝަރީއަތް ކުރި ނަމަވެސް އެވަރަކުން ނުފުދޭ ކަމަށެވެ.

މިދައްކަނީ ގާތްގަނޑަކަށް ހަތްސަތޭކަ، އަށްސަތޭކަ މިލިއަން ރުފިޔާގެ ވާހަކަ. ނޫނީ އެއަށްވުރެންވެސް ބޮޑު އަދަދެއްގެ ވާހަކަ. އަދި މިފައިސާ އަޅުގަނޑު ކުށްވެރިވެގެން ދައުލަތަށް ނަގާ ހިސާބަށް ދިޔަޔަސް މި ދައްކަމީ އެއް މިލިއަން ޑޮލަރުގެ ވާހަކަ. މިއީ ވަރަށް ކުޑަ ކުޑަ އެއްޗެއް ދެއްތޯ ނިސްބަތުން. އެހެންވީމަ ކީއްވެގެންތޯ އެމްއެމްޕީއާރުސީގެ ހަގީގީ މަންފާ ލިބުނު މީހުންގެ ވާހަކަ ނުދެއްކިގެން މިއުޅެނީ."

މީގެ އިތުރުން ޔާމީން ވިދާޅުވީ، އެ ލިސްޓުގައި ހުރީ ކޮންބައެއްގެ ނަންތަކެއްތޯ ދިވެހިރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި، ހަތްސަތޭކަ އަށްސަތޭކަ އަހަރުން ޖަލުގައި ތިބެންޖެހޭ ކަމަށް ހުކުމް އައިސްފައިތިިބި ބޭބޭފުޅުން އަރާމުގައި ގޭގައި ތިބި ސަބަބެއްވެސް ބަލާލަން ޖެހޭ ކަމަށެވެ.

އަދި އެފައިސާ ބެހިގެން އުޅެނީ ބޮޑުންގެ ތެރޭގައި ހިމެނޭ ކޮންބަޔަކަށްތޯ ބަލަންޖެހޭ ކަމަށާއި، އެ ފައިސާ ބެހިގެން އުޅެނީ އާދައިގެ މީހުންނަށް ނޫން ކަން ޔަގީން ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށާއި، ދިވެހި ރައްޔިތުންނަށް އެކަން އިނގެން ޖެހޭ ކަމަށެވެ. އަދި އެކަމަކީ ދާއިމަށް ސިއްރުވާނެ ކަމެއްކަމަށް ބުއްދި ފަސްވެފައި ހުރި މީހަކު ނޫންނަމަ ގަބޫލު ނުކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *