އެމްޑީޕީގެ ގައުމީ ކޮންގްރެސް; ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ. ފޮޓޯ/ އަދަދު

އެމްޑީޕީގެ މޫނުތައް ބަދަލުވިޔަސް އެޕާޓީގެ އަސާސްތައް ބަދަލެއް ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިހާރު ސޯސަލް ސެންޓަރުންގައި ކުރިޔަށްދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 4 ވަނަ ކޮންގްރެސް ފެށުމަށް ބާއްވަމުން އަންނަ ޖަލްސާގައެވެ.

މިހާރު ކުރިޔަށްދާ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ތިއްބެވި ކޮންގްރެސް މަނުންނަކީ އިއްޔެ އެމްޑީޕީގެ ލީޑަރުން އިނގިލި ކުރީގައި ލައިގެން އުޅުނު ބައެއް ކުދިންކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން ލިބުނު ތަޖްރިބާއެއްގެ މައްޗަށް ހުރިހާ ބޭފުޅުންގެ ވިސްނުމާއި ފިކުރު ހިންގާނެ ކަން އެނގޭ ކަމަށާއި ކޮންގްރެސްގައި އެއް މިސްރާބަކަށް ހުރިހާ ބޭފުޅުންވެސް ފާހަގަ ޖައްސާވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ސަބަބަކީ މިތަނުގެ ބައެއް ލީޑަރުންނަކީ އެމްޑީޕީގެ އުނގުން އުފަންވެ ބޮޑުވެފައި ތިބި ބައެއް. ކޮންގްރެސް މަނުންނަށް ބަދަލުވެފައި މިއަދު ތި ތިބީ. ގައުމިއްޔަތުގެ ފަލްސަފާގައި އެމްޑީޕީގެ މޫނުތައް ބަދަލުވިޔަސް އަސާސްތަކެއް ނުވާނެ. މޭޒެއްގައި ތާސްގަނޑެއް ޖަހަން ތިބެފަ ކޮންގްރެސް މެންބަރުންނަށް ވުމަކީ އެމްޑީޕީގެ ގޮތެއް ނޫން. ރައްޔިތުންނަށް ލިބޭ ލާބައާއި މަންފާ ހުއްޓުމެއް ނެތި ކުރިޔަށް ގެންދެވޭނެ މަގަކީވެސް އެމްޑީޕީ. ޓިކެޓްދެނީވެސް ކޮންގްރެސްތައް ބާއްވާ ޕްރައިމަރީތައް ބާއްވައިގެން"

މާރިޔާ ވިދާޅުވީ އެމްޑީޕީ ކާމިޔާބުގެ ސިއްރަކީ ޕާޓީގެ ކޮންމެ ކަމެއްގައި މެންބަރުންގެ ހިޔާލު ހޯދާ މެންބަރުންގެ ބައިވެރިވުން އިތުރުކުރާ ވާދަވެރި އެތެރޭގެ އިންތިހާބުތައް ކަމަށެވެ.

އެމްޑީޕީގެ ސިޔާސީ ވާދަވެރި ޕާޓީތަކާއި އެމްޑީޕީއާއި ހުރި ތަފާތުތައް މިރޭގެ ޖަލްސާގައި މާރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

 

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.