އެމްޑީޕީގެ ގައުމީ ކޮންގްރެސް 2022

2023 ވަނަ އަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީން ނިކުންނަވާ ކެންޑިޑޭޓާއި އެކު ސަރުކާރުގެ އިއްތިހާދުގެ ޕާޓީތައް ތިބޭނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ގެ  4 ވަނަ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އިއްތިހާދުގެ ހުރިހާ ލީޑަރުން އެގެންދަވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ކަމަށެވެ.

މީގެ ކުރިން ރިޔާސީ އިންތިހާބަށް ނިކުންނެވީ ރައީސް ޔާމީން އެކަނި ކަމަށާއި އެހެން ސިޔާސީ ލީޑަރުން ތިއްބެވީ ހިފާ ހައްޔަރު ކޮށްފައި ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން މިއަދު އަނެއްކާވެސް މިވަނީ ވާދަވެރި ސިޔާސީ ހަރަކާތުގެ ފުރުސަތު ފަހިވެފަ ކަމަށާއި، އެމްޑީޕީން އެކުގައި އިންތިހާބާއި ކުރިމަތިލައިގެން މެނުވީ ކާމިޔާބެއް ނުލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 އަޅުގަޑަށް ފެންނަ ތަނުގައި އެކުގައި އަޅުގަނޑުމެން އެކުގައި ތިބެ އިންތިހާބާ ކުރިމަތި ނުލެވިއްޖެ ނަމަ ހަގީގަތުގައި ލިބޭ މިންވަރު ވަރަށް ކުޑަވާނެ.އަޅުގަޑު ރައީސްއަށް ދަންނަވާލަން ބޭނުންންވަނީ, ހުރިހާ މެންބަރުން އެކުގައި ބައިތިއްބައިގެން ކުރިޔަށް ވަޑައިގެންނެވޭނީ."

ރައީސް ނަޝީދު ވިދާޅުވިީ މައްސަލަތައް ހައްލު ކުރެވި އެދޭ ބަދަލު އަދި އެދޭ މިސްރާބު ހިފޭނީ އެމްޑޕީގެ ކޮންގްރެސް އިން ކަމަށެވެ.

އެމްޑީޕީއަކީ ދެބަސްވުމުން އެއްބަސްވުމަށް އަންނަ ޕާޓީއެއް ކަމަށާއި  އަދިވެސް ރާއްޖެ ބަދަލު ކުރާނެ އަދި ބަދަލަށް އެދޭ ޕާޓީއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަކީ އަދިވެސް ރާއްޖެ ބަދަލުކުރާނެ ޕާޓީ. އެއްބަޔަކު ދެކެނީ ވެރިކަމުގެ ނިޒާމަށް ގެންނަށް ޖެހޭ ބަދަލު ނެތް ކަމަށް. ޕާޓީގެ އަނެއް ބަޔަކު ދެކެނީ ބަދަލު އަދިވެސް ވާން ޖެހޭ ކަމަށް. މި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު އަދި އެ ވެރިކަމުގެ ވައްޓަފާޅިވެސް އަދިވެސް ބަދަލުވާން ޖެހޭ."

އިންސާނީ ތޮބީއަތާއި ޒުވާން ކަމުގެ ޖޯޝަކީވެސް ބަދަލުވުން ކަމަށް ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އުޖާލާކަން ހޯދުމަށް ތަކުރާރުކޮށް އެމްޑީޕީން ކުރަމުން އައި ކަމަކީ ބަދަލުވުން ކަމަށެވެ. އަދި އޮބެހެއްޓުން، ހިފެހެއްޓުން އެއީ ތަރައްގީއަށް އެޅޭ އެންމެ ބޮޑު ހުރަސް ކަމަށެވެ.

ދިވެހި ރައްޔިތުން އަބަދު ގޮވަނީ އާންމު ހާލަތު ބަދަލު ކުރުމަށް ކަމަށާއި  ތަކްލީފުތަކާއި އުނދަގޫތަކަށް ހައްލެއް ހޯދުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ޕާޓީއަކީ އަބަދުވެސް ބަދަލުގެ ތެރެއިން ހައްލު ހޯދައިދޭނެ ޕާޓީއެއް. ޕާޓީ އުފެދިގެން އައި އެންމެ މުހިންމު އެއް ފަލްސަފާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރައްޔިތުންގެ ވަކީލުންނަށް ރައްޔިތުންގެ ކަންކަން ހިންގޭނެ ގޮތެއް ހެދުން"

ރިޔާސީ ނިޒާމެއް މަޖުބޫރިވި ގޮތަކީ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމުގެ ކުރިން އޮތް އިލެކްޝަން ކޮމިޝަނުގައި އަމިއްލައަށް ނަންބޯޑު ޖަހައިގެން ތިއްބެވި ބޭފުޅުން އެދުވަހު ނެގި ވޯޓެއް ނަތީޖާއިން ކަމަށްވެސް  ރައީސް ނަޝީދު ވިދާޅުވިއެވެ.

އަނެއްކާވެސް މި ސުވާލު އުފެދިއްޖެ ކަމަށާއި، އަބަދުވެސް މި ސުވާލު  އޮންނާނެކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ  މިސުވާލުގެ ބަހުސް  ކޮންގްރެސްގައި ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެތައް ބަޔެއްގެ ވިންދާއި އިހްސާސްތައް ހުރަސްކޮށް ނަގާލާ ގޮންޖަހައިގެން ކުރިޔަށް ގޮސް ހޯދޭނެ ކާމިޔާބެއް ނެތް ކަމަށެވެ.

އަދި ކާމިޔާބު ހޯދޭނީ ހުރިހާ މެންބަރުންނަށް އެކުގައި ތިބެވޭނެ ގޮތް ހޯދިގެން އަންނަ ރިޔާސީ އިންތިހާބަށް ނިކުމެގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.