ޑިމޮކްރަސީއަކީ މި ޒަމާނުގައި ވެރިކަން ކުރުމުގެ އެންމެ ފައްކާ ނިޒާމް ކަމަށާއި، ދިމާވެގެން މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބާއްވަމުންގެންދާ "ހަވާލޭ ވަތަން" ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެ ނިޒާމް ހިންގަންތިބޭ ބައެއްގެ އިހުލާސްތެރިކަމެއް ނޫންނަމަ، އެކަމަށް ކުފޫ ހަމަނުވާ ކަމަށްވާނަމަ، އެއަށްވުރެން އަނިޔާވެރި، އެއަށްވުރެން ގައްދާރުވެރި އަދި އެއައްވުރެން ރައްޔިތުން ނިކަމެތިވާނެ ނިޒާމެއް ދުނިޔެއަކު ނެތް ކަމަށެވެ.

އަދި ރައްޔިތުން އިންތިހާބު ކުރަނީ ރައްޔިތުންނަށް ލައްކަގިނަ ވައުދުތަކެއް، ލައްކަ ގިނަ ކަންތައްތަކެއް ފުއްދައިދޭނެ ކަމަށް ކަމަށާއި، އެ ރައްޔިތުންގެ ތާއިދު ހޯދަނީ ރިޔާސީ ކެނޑިޑޭޓް ނިކުމެ ކަމަށެވެ. އަދި ހަމަ އެއާއެކު އެފަދަ އެތަކެއް ވައުދުތަކެއް ފުނިޖެހެމުންދަނީ، އެ ރައްޔިތުންގެ އުމްމީދުތަކުގައި ކުލަ ޖެއްސެވުމަށް ވައުދުވެވަޑައިގަންނަވަމުން ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިއޮންނަ ޑިމޮކްރަޓިކް ނިޒާމަށް ބަލާކަމަށްވާނަމަ، އެއީ ވަރަށް އަނިޔާވެރި، ވަރަށް ރަހުމްކުޑަ، އަގަލުކުޑަ، ރައްޔިތުންނަށް އޮޅުވާލާ، ރައްޔިތުންނަށް ދޯކާދޭ، އަދި ރައްޔިތުން މުޅި މަގުން ކައްސާލާފަދަ ވެރިކަމުގެ ނިޒާމަކަށް ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ.

އެކަން މެދުވެރިވަނީ އެންމެ ސަބަބަކާ ހުރެ. އެ ސަބަބަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދަކީ ނުފުއްދޭނޭ ވައުދެއްކަން އެނގިހުރެ އެހެން ނަމަވެސް ރައްޔިތުންގެ ވޯޓް ބޭނުންވެގެން. ރައްޔިތުންނަށް ހަގީގަތުގައިވެސް، ރައްޔިތުންނަށް ހަރާންކޯރު ވެވުނީމަ ރައްޔިތުންގެ ވައުދުތައް ނުފެއްދެނީ. މި ޑެމޮކްރަޓިކް ނިޒާމަކީ މިދެންނެވި ސަބަބައްޓަކައި އޭގެ ޒާތުގައި ވަރަށް އަނިޔާވެރި ވަރަށް ބްރޫޓަލް، ވަރަށް ކްރޫޑް. އެއްވެސް ކަހަލަ ރައްޔިތުންގެ އިހުތިރާމެއް، ރައްޔިތުންގެ ތާއިދެއްލިބޭ ނިޒާމަކަށް ނުވަނީ"

މީގެ އިތުރުން، އެ ނިޒާމް އޭގެ ޒާތުގައި ގޯސް ވަނީކީ ނޫން ކަމަށާއި، ނިޒާމް ހިންގަން ނިޒާމާއި ހަވާލުވެތިބި މީހުން، ގާނޫނު އަސާސީގައި ބުނާ ފަދައިން މުވައްސަސާތައް މިނިވަންކަމާއި، ޗެކް އެންޑް ބެލެންސް ހިފަހައްޓައިދޭން އެންމެ ފަހު މަރުހަލާގައި ހޮވާ ރައީސުލް ޖުމްހޫރިއްޔާގެ އެވަރުގެ ގާބިލްކަމެއް ނެތުމަކީ އެ ނިޒާމް ފެއިލްވެގެންދާ ގޮތް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.