2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް އަރުވައިފި އެވެ.

ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައިވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާރު ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ "ހަވާލޭ ވަތަން" ޖަލްސާގަ އެވެ. މި ޖަލްސާގައި ރައީސް ޔާމީނަށް އަރުވާފައިވާ ރިޔާސީ ޓިކެޓް ފުރަތަމަ އަރުވާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަންދޫބުން ހިމެނޭހެން އެ މަންދޫބުންގެ އަތުން ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ވެރިންގެ އަތަށެވެ. އަދި އޭގެ ފަހުން އެޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވަނީ ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބްދުﷲ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބާއްވަމުންގެންދާ ޖަލްސާގައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިނގާފައިވާ މުއާމަލާތާ ގުޅިގެން ދައުވާ އުފުލާފަ އެވެ.

އާރަށު ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، 2015 ވަނަ އަހަރު ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ކުންފުންޏަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އާރަށް ދޫކުރުމުގެ ތެރެއިން އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ނެންގެވި ކަމަށް ބުނާ މައްސަލަ އެއްގަ އެވެ. މި މައްސަލައިގައި މިހާރު ދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.

މިރޭ ޕީޕީއެމް/ޕީއެންސީން ބާއްވަމުން ދާ ޖަލްސާއަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ގެނެސްފައިކަން ފާހަގަކޮށްލެވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.