17 ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމު ކުރުމަށް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނީ އެމްޕަވާމެންޓުން ކޮންޓެކްޓަރުންނާއި އެކު ސޮއި ކޮށްފިއެވެ.

މިއަދު ޔޫތް މިނިސްޓްރީ ކޮންޓެކްޓަރުންނާއެކު ސޮއި ކުރި މަޝްރޫއުތަކުގެ ތެރޭގައި ހދ. ވައިކަރަދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީ ކުރުން ހިމެނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އަދި އއ. ފެރިދޫ، އއ. އުކުޅަސް، ށ.ފޭދޫ އަދި ހދ. ނާވައިދޫގައި ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ގާއިމު ކުރުން ހިމެނެއެވެ.

މީގެ ތެރެއިން ފެރިދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހަވާލު ކުރީ އެލިއޮތު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. ފޭދޫ ދަނޑުގެ މަސައްކަތް ހަވާލު ކުރީ ޓީއޭ ކޮންސްޓްރަކްޝަން އެނޑް ޓްރޭޑިންގ އާއެވެ. އުކުޅަސް ދަނޑުގެ މަސައްކަތް ހަވާލުކުރީ ސީއެމްއޭ ފައިވް ސްޓާ އާއެވެ.

އަދި ހދ. ނޭކުރެންދޫ އާއި މ.މުލަކު ފުޓްބޯޅަ ދަނޑަށް ޓާފް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް އަމީން ކޮންސްޓްރަކްޝަން އާއި ވަނީ ހަވާލުކޮށްފައެވެ.

ނާވައިދޫ ދަނޑުގެ މަސައްކަތް ހަވާލުކުރީ އާރްޖީ އިންޓަނޭޝަނަލް އާއެވެ.

އއ. ފެރިދޫ، ނ. ލަންދޫ، ނ. ޅޮހި އަދި ށ. ފޭދޫ ފުޓްބޯޅަ ދަނޑުގައި  ޓާފް ސަޕްލައިކޮށް އިންސްޓޯލް ކުރުމަށް ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއި އެކު ވަނީ ސޮއި ކޮށްފައެވެ.

މީގެ އިތުރުން މިއަދު ޔޫތު މިނިސްޓްރީން ވަނީ 8 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓު އެޅުމަށްވެސް ކޮންޓްރެކްޓަރުންނާ އެކު ސޮއި ކޮށްފައެވެ.

އެގޮތުން ހއ. ހޯރަފުށި، ހދ. ވައިކަރަދޫ، ނ. މާފަރު، ބ. ކިހާދޫ އަދި އއ. ހިމަންދޫގައި އައުޓްޑޯ ވޮލީ ކޯޓު އެޅުމަށް ހަވާލުކޮށްފައިވަނީ ބްރިލިއަންޓް ކޮމްފެނީ އާއެވެ.

ބ. ދަރަވަންދޫ، ޅ. ކުރެންދޫ އަދި ހދ ކުރިނބީގައި އައުޓްޑޯ ވޮލީ ކޯޓު އެޅުމަށް ހަވާލު ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުންޏާއެވެ.

 

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.