ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އިއްޔެ އަރައި ހިނގި ހާދިސާގައި، އެފަރަށް ގެއްލުން ލިބުނުތޯ ބަލަމުން އަންނަ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވާކަން ވިލިމާލޭ ފުލުހަށް ފާހަގަވެގެން، އެކަން ބަލަން ފަށާފައިވަނީ އިއްޔެ މެންދުރު ފަހު 14:25 ހާއިރުއެވެ.

ވިލިމާލެ ފަރަށް އެޕްލެޓްފޯމް އަރާފައިވަނީ އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެހާދިސާގައި ތިން މީހަކަށް އެެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓް ފޯމް ފަރަށް އެރުމުން އެތަނަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯވެސް ދަނީ ބަލަމުންނެވެ. އަދި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެކަން ހިނގާ ދިޔަ ގޮތް ވަރަށް ރަނގަޅަށް ބަަލާނެ ކަމަށް ވިދާޅުވިއެވެ.

ބެލުންތަކަށް ފަހު ފިޔަވަޅު އަޅަން ޖެހޭނަމަ އެކަން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.