ދިވެހި ރާއްޖެއިން އިންޑިއާއަށް އެތެރެ ކުރާ މަހުގެ އުފެއްދުންތަކުން ނަގަމުން އައި ޑިއުޓީ ކަނޑާލައިފިއެވެ.

މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ)ގެ އެހީގައި ކަނޑާލެވުމަކީ މަހުގެ އުފެއްދުންތަކުން ރަނގަޅު އާމްދަނީ އެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުރިން ސަފްޓާގެ އެފުރުސަތު އޮތީ ބޭނުން ނުކުރެވި ކަމަށާއި، މިހާރު އެކަން ފަހިވުމުން ދެން އޮތީ އިންޑިއާއިން މާކެޓް ހޯދުން ކަމަށާއި މިހުޅުވުނީ މިފްކޯއާއި ޕްރައިވެޓް ކުންފުނިތަކަށް ވިޔަފާރީގެ ރަނގަޅު ދޮރެއް ކަމަށެވެ.

ރާއްޖެއިން އިންޑިއާއަށް އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިންޑިއާ އިން ކަނޑާލީ ދިވެހިރާއްޖެ އާއި ސަފްޓާ އާއި އެކު ކުރިޔަށް ގެންދިޔަ މަޝްވަރާތަކަކަށްފަހުއެވެ.  މި މަޝްވަރާތައް ބޭއްވީ ރައީސުލްޖުމްހޫރިއްޔާ މިމަހުގެ ފުރަތަމަ ހަފްތާގައި އިންޑިއާއށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ސަފްޓާއަކީ ސާކްގެ ހުރިހާ ގައުމެއް ބައިވެރިވާ ދެކުނު އޭޝިއާ ސަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.