އުތުރު ކޮރެއާއިން މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ކަނޑުގެ ސަރަހައްދަށް 2 ކުރޫޒް މިސައިލް ޓެސްޓް ކޮށްފައިވާ ކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.

އެންމެ ފަހުން އުތުރު ކޮރެއާއިން ހަތިޔާރު ޓެސްޓެއް ކޮށްފައިވަނީ ޖުލައި 10 ގައެވެ. އެންމެ ފަހުން ކްރޫޒް މިސައިލް ޓެސްޓެއް ކުރީ ޖެނުއަރީ ގައެވެ.

އުތުރު ކޮރެއާއިން ޓެސްޓު ކުރި މި2  މިސައިލާއި ގުޅޭ މައުލޫމާތު ހޯދުމަށް  އެމެރިއާއި ދެކުނު ކޮރެއާ ގުޅިގެން އަންނަނީ ތަހްލީލު ކުރަމުންނެވެ.

އުތުރު ކޮރެއާއިން މި މިސައިލްތައް ޓެސްޓު ކޮށްފައިވަނީ ދެކުނު ކޮރެއާ އާއި އެމެރިކާގެ ސިފައިން ގުޅިގެން ބާއްވަން ތައްޔާރުވެފައިވާ 4 ދުވަހުގެ އަސްކަރީ ތަމްރީނުތަކަކަށް ފަރިތަކުރުންތައް ބާއްވަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މި ތަމްރީނުތައް ކުރިޔަށް ގެންދާނީ އޮގަސްޓް 22 ން ސެޕްޓެމްބަރު 1 އާއި ހަމައަށެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސޮކް ޔިއޮލްގެ ސަރުކާރަށް 100 ދުވަސް ފުރުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުތުރު ކޮރެއާއިން މިސައިލްތައް ފޮނުވި މައްސަލައިގައި އެއްޗެއް ވިދާޅެއް ނުވެއެވެ.

އެހެންނަމަވެސް އުތުރު ކޮރެއާއިން ނިއުކުލިއާ ހަތިޔާރު އުފެއްދުން ހުއްޓާލާ 'ޑީނިއުކްލިއަރައިޒޭޝަން' ގެ މަސައްކަތް ފަށައިފިނަމަ އިގްތިސާދީ އެހީ ފޯރުކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް ޔޫން ވިދާޅުވިއެވެ.

އަދި ދެކޮރެއާގެ ދެމެދުގައި ބާއްވާ މަޝްވަރާ ބައްދަލުވުންތަކަކީ 'ސިޔާސީ ޝޯވް' އަކަށް ހަދައިގެން ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި މަސައްކަތް ކުރަންވާނީ ކޮރެއަން ޕެނިންސޫލާ އާއި އިރުއުތުރު އޭޝިއާ ސަރަހައްދުގައި ހަމަޖެހުން ގާއިމު ކުރުމަށް ކަމަށް ޔޫން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.