ސްޓެލްކޯޓުގެ މުވައްޒިފަކު މަސައްކަތުގައި -- ފޮޓޯ: ސްޓެލްކޯ

މުޅި މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑުނީ، ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑުނީ، ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށާ، މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް. އަދި ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން 3 ފީޑަރެއް މިހާރު  އެނަރޖައިޒް ކުރެވިފައިވާ ކަމަށެވެ.

ބާކީ ހުރި ފީޑަރުތައް އެނަރޖައިޒް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން.

ސްޓެލްކޯއިން 'ޖަޒީރާ' އަށް ބުނީ ކަރަންޓު ކެނޑިފައިވަނީ މުޅި މާލެއިން އެއްވަގުތަކާ ކަމަށެވެ. އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވެސް ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.