ޕްރިމިއާ ލީގު މެޗެއްގައި ޔުނައިޑެޓްގެ ސަޕޯޓަރުން - ފޮޓޯ: ޕްރޯސްޕޯޓްސް

މުއްސަނދި މަހުޖަނެއް ކަމަށްވާ މަޝްހޫރު އީލަން މަސްކް އިނގިރޭސި ފުޓްބޯޅަ ކުލަބް މެންޗެސްޓަރ ޔުނައިޑެޓް ގަންނާނެ ކަމަށް ބުނެފިއެވެ.

އީލަން މަސްކް މިކަން އާންމުކޮށްފައިވާ ޓްވިޓާގައެވެ. އެހެންނަމަވެސް މި ކަމުގެ ތަފްސީލެއް ހިއްސާއެއް ނުކުރެއެވެ.

އޭނާ އަކީ ޓްވިޓަރގައި ބުނާ އެއްޗެހި ގިނަ ފަރަހަށް ސީރިއަސްކޮށް ނަގާ މީހެއް ނޫން ކަން ފާހަގަ ކުރެވެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުލަބުތަކުގެ ތެރޭގައި ހިމެނޭ މެންޗެސްޓަރ ޔުނައިޑެޓަށް މިހާރު ކުރިމަތިވެފައިވާ ކަމަކީ އެ ކުލަބުގެ ވެރިންނަށް ސަޕޯޓަރުންގެ ފަރާތުން އަންނަ ރުޅިވެރި ބަސްތަކެވެ. އެ ކުލަބުގެ އޯނާޝިޕް ބަދަލުކުރުމަށް އެދި ސަޕޯޓަރުންގެންދަނީ އަޑު އުފުލަމުންނެވެ.

މެންޗެސްޓަރ ޔުނައިޑެޓްގެ ޓްވިޓަރ އެކައުންޓްގައި 32 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި އިރު އެލަން މަސްކްގެ ޓްވީޓަށް ދެ ގަޑިއިރުގެ ތެރޭގައި '220،000' ލައިކްސް ލިބުނެވެ.

ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގެ ލިސްޓްގައި އޮތް ޔުނައިޓެޑް މިހާރު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހަތަށް ވެއްޓިފައެވެ. ޓީމު ބަލިވެފައިވަނީ ޕްރިމިއާ ލީގުގެ ފުރަތަމަ ދެމެޗުން ބަލިވެ ފާއިތުވި ދެމަސްދުވަހުގެ ތެރޭގައިވެސް އަލުން ޓީމް ބިލްޑް ނުކުރެވުމުގެ ސަބަބުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑަކީ އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރި އާއިލާ 'ގްލޭޒާ' އިން ކޮންޓްރޯލް ކުރާ ކުލަބެކެވެ. އީލަން މަސްކް ގެ ޓްވީޓާއި ގުޅިގެން ގްލޭޒާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ދުނިޔޭގެ އެންމެ މަގްބޫލު ނުވަތަ އެންމެ 'ފޭންބޭސް' ބޮޑު ކުލަބަކަށް މިއަހަރު ފޯބްސްއިން ލިސްޓް ކޮށްފައިވަނީ މެންޗެސްޓާރ ޔުނައިޑެޓް އެވެ. މިއީ  4.6 ބިލިއަން އެމެރިކާ ޑޮލަރުގެ އަގު ހުރި، ދުނިޔޭގެ 3 ވަނައަށް އެންމެ އަގުބޮޑު ފުޓްބޯޅަ ކުލަބެވެ.

ރިއާލް މެޑްރިޑާއި ބާސެލޯނާއަށްފަހު އެންމެ އަގު ބޮޑު ކުލަބުގެ ގޮތުގައި ޔުނައިޑެޓް އޮތް އިރު ކުލަބުގެ ވެރިންނަށް މިދިޔަ އަހަރުވެސް ވަނީ ސަޕޯޓަރުންގެ ނުރުހުން އަމާޒުވެފައެވެ.

އީލަން މަސްކްގެ ޓްވީޓުގެ ކުރިން މިދިޔަ ހަފްތާގައި، 1980 ގައި ޔުނައިޑެޓް ގަންނަން އުޅުނު މިޝޭލް ނައިޓަންވެސް ވަނީ އަލުން ޔުނައިޑެޓް ގަންނަ ބޭނުންވާ ކަމަށް ބުނެފައެވެ.

ގްލޭޒާ އާއިލާއަށް މެންޗެސްޓަރ ޔުނައިޑެޓްގެ އޯނާޝިޕް ލިބުނީ 2005 ވަނަ އަހަރެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ނުވާނެ އޭނައަކަށް. އޭނަ ޓުވިޓަރަށް އަރަނީ އަހަރެމެން ހޮޅުއައްޓަށް އަރާހެން

ކޮމެންޓް

Your email address will not be published.